ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2024/58
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 17:38
ސުންގަޑި: 17 ނޮވެންބަރު 2024 14:30
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެގްޒެކަޓިވް ސިވިލް އޮފިސަރ

                      `

                                                                                 

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް                  

   މާލެ، ދިވެހިރާއްޖެ                                               

 

                  އިޢުލާން

ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް އިޢުލާން ކުރަމެވެ.

މަޤާމުގެ ނަން:

އެގްޒެކަޓިވް ސިވިލް އޮފިސަރ

ބޭނުންވާ އަދަދު:

02

މަޤާމުގެ ޤިންތި:

ދާއިމީ

ރޭންކް:

އެސް. ސީ 03

ކްލެސިފިކޭޝަން:

އެގްޒެކެޓިވް ސިވިލް އޮފިސަރސް    

މުސާރަ:

މަހަކު -/13,120 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  -/3,500 ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު  -/5,904 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:       

  • ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން ކޮމާންޑް (ހެޑް އޮފީސް)
  • މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން ސެކްޝަން (ހެޑް އޮފީސް)

ފެންވަރު ނުވަތަ ޝަރުތު:           

މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 09 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސްޢޫލިއްޔަތާ ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މެނޭޖްމަންޓް ލެވެލްގެ މަޤާމެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 08 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސްޢޫލިއްޔަތާ ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މެނޭޖްމަންޓް ލެވެލްގެ މަޤާމެއްގައި މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 07 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސްޢޫލިއްޔަތާ ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 08 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މެނޭޖްމަންޓް ލެވެލްގެ މަޤާމެއްގައި މަދުވެގެން 04 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް) އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  • ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

ރިހެބިލިޓޭޝަން

  • މަ  މި ސަރވިސްގެ ޖަލުތަކުގައި ބަލަހައްޓާ ޤައިދީން މުޖުތަމަޢަށް އަހުލިވެރި ކުރުމަށްޓަކައި ހިންގަންޖެހޭ އެންމެހައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފަރުމާކޮށް އެ ޕްރޮގްރާމްތައް ޤައިދީންނަށް ހިންގުން.
  • ރިހެބިލިޓޭޝަން ކޮމާންޑުގެ ދަށުން އެކުލެވިގެންވާ ޕްރޮގްރާމްސް ޑިވިޜަނާއި، ކޭސް މެނޭޖްމަންޓް އެންޑް ކައުންސެލިންގ ޑިވިޜަނާއި، ޖުވެނައިލް އޮފެންޑަރ މެނޭޖްމަންޓް ޑިވިޜަނުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ބަލައި މޮނީޓަރ ކުރުމާއި، ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި ބޭނުންވާ ލަފަޔާއި މަޝްވަރާ ދިނުން.
  • ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް މުއައްސަސާއިންނާއި މުއައްސަސާއިން ބޭރުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ފަރާތްތައް ދެނެގަނެ އެފަދަ ފަރާތްތަކާ ގުޅިގެން ޕްރޮގްރާމް ހިންގުމުގެ ކަންކަން ހަމަޖެއްސުން.
  • އަހަރުން އަހަރަށް ހިންގަންޖެހޭ ޕްރޮގުރާމްތަކާއި ޕްރޮގުރާމްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ ޕްރޮގްރާމް ޕްލޭން ތައްޔާރު ކުރުން.
  • ޕްރޮގްރާމްތައް ކުރިއެރުވުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރުމާއި، ގެނެވޭ ބަދަލުތައް މޮނީޓަރކޮށް ބެލެހެއްޓުން.
  • ޤައިދީން މުޖުތަމަޢަށް އަހުލުވެރިކޮށް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށްޓަކައި ތައްޔާރުކޮށްދިނުން..
  • ޖަލަށް ގެންނަ ޤައިދީން ޖަލަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ޖަލުން ދޫކޮށްލާ ޤައިދީންނަށް ހިންގަންޖެހޭ ރީއިންޓަގްރޭޝަން ޕްރޮގްރާމްތައް ފަރުމާކޮށް ހިންގުން.

މީޑިއާ ޕަބްލިކް ރިލޭޝަން:

  • މިސާރވިސްގެ ލަނޑުދަނޑިތަކާއި ވެލިއުސްއާއި އެއްގޮތަށް ފުރިހަމަ މީޑިއާ ސްޓްރެޓެޖީއެއް އެކުލަވާލުން.
  • ޚަބަރު ފަތުރާ ވަޞީލަތްތަކުން މިދާއިރާގެ މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ބައިވެރިވާ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުން.
  • މީސް މީޑިއާ އަދި މިސާރވިސްއަށް އެކަށީގެންވާ ކަމަށް ފެންނަ އެހެން ޕްލެޓްފޯމަކަށް ބޭނުންވާ ޝައުގުވެރި އަދި ގުޅުންހުރި ކޮންޓެންޓް އުފައްދައި ތައްޔާރުކުރުވުން.
  • ޢާންމުންނަށް އެގެންޖެހޭ މަޢުލޫމާތު ހާމަކުރުން، މިގޮތުން މި ސާރވިސްގެ ވެބްސައިޓުގައި މިފަދަ ހުރިހާ މަޢޫލޫމާތެއް އަޕްޑޭޓް ކުރުވުމުގެ އެންމެހާ މަސައްކަތްތަކެއް ކުރުވުން.
  • ކޮންމެ އަހަރަކުވެސް އެއަހަރެއްގެ ޑިސެމްބަރ 15ގެ ކުރިން އަހަރު ތެރޭގައި ކުރެވުނު މަސައްކަތާއި ބެހޭ ރިޕޯރޓް / ފޮތް ތައްޔާރުކުރުމުގެ އެންމެހާ ކަންކަމެއް ރާވައި ހިންގުން.
  • ކޮންމެ އަހަރަކުވެސް އެއަހަރެއްގެ ޑިސެމްބަރ 15ގެ ކުރިން އަހަރު ތެރޭގައި އެމް.ސީ.އެސްގެ ގައިދީންނާއި ބަންދުމިހުންނާއި ގުޅޭ ތަފާސްހިސާބުގެ ރިޕޯރޓް / ފޮތް ތައްޔާރުކުރުމުގެ އެންމެހާ ކަންކަމެއް ރާވައި ހިންގުން
  • މީޑިއާ ކޮމިޔުނިކޭޝަން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ޕަބްލިކް ރިލޭޝަންގެ ކަންކަން ރަނގަޅު ކުރުމަށް ރިސާޗް ހެދުމާއި، އެކަމުން ދެނެގަނެވޭ ކަންކަމާއި އެކު މީޑިއާ މެދުވެރިކޮށް -ޕަބްލިކް ރިލޭޝަންގެ ގުޅުން ރަނގަޅު ކުރުމަށް ކުރެވިދާނެ އެންމެހައި މަސައްކަތް ކުރުން.
  • މިސާރވިސްގެ މަސައްކަތްތަކާއި އެނޫންވެސް ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ބޭނުންވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ މީޑީއާތައް އަދި އެނޫންވެސް ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުވައި ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.
  • މިސާރވިސްއިން ކުރާ މުހިންމު ކަންތައްތަކާއި ހިންގާ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގެ ޚަބަރާއި މަޢުލޫމާތު ފެތުރުމާއި މި ދާއިރާގެ ކަންތައްތަކާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  • މިސާރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގައި ޤައިދީންނާއި ބަންދުމީހުންނަށް ގުޅުންހުރި ކަންކަން ހަބަރުތައް ގަވައިދުން ހިމެނުމާއި، ޝެޑިއުލް ކުރެވިފައިވާ އެޑިޓޯރިއަލް ކަލަންޑަރެއް ޤާއިމުކޮށް ބެލެހެއްޓުން.
  • މިސާރވިސްއިން ހިންގާ ކަންކަމާއި އެއްގޮތަށް މީޑިއާ ކެމްޕޭންތައް ކޯޑިނޭޓްކޮށް ހިންގުމަށް މިސާވިސްގެ ކޮމާންޑްތަކާއި ގުޅިގެން މަސައްކަތްކުރުން.
  • ކަމާބެހޭ ވަސީލަތްތައް ބޭނުންކޮށްގެން މީޑިއާ ޕާފޯމަންސް މެޓްރިކްސް މޮނިޓަރކޮށް ތަޙުލީލުކުރުން.
  • ރިޕޯޓިންގ ފޯމެޓް އުފެއްދުމާއި، އެންގޭޖްމަންޓާއި، ފޮލޯވަރ ގްރޯތް ހިމެނޭ ގޮތަށް ކީ ޕާފޯމަންސް އިންޑިކޭޓަރސް އާއި ބެހޭގޮތުން ސުޕީރިއަރުންނަށް ގަވާއިދުން ރިޕޯޓް ދިނުން.
  • މީޑިއާގެ މަސައްކަތްތައް އެމް.ސީ.އެސްގެ ސްޓްރެޓެޖީތަކާ އެއްގޮތްވާ ގޮތަށް އެތެރޭގެ ޓީމުތަކާއި (ކޮމާންޑްތައް) ކޯޑިނޭޓްކުރުން.

މަޤާމާއި ގުޅޭ ދާއިރާ:

ރިހެބިލިޓޭޝަން:

- ކައުންސިލިންގ،  ސައިކޮލޮޖީ، ސޯޝަލް ވޯކަރ، ސޯޝަލޮޖީ

މީޑިއާ ޕަބްލިކް ރިލޭޝަން:

-  ޖަރނަލިޒަމް، މީޑިއާ ކޮމިއުނިކޭޝަން،  ޕަބްލިކް ރިލޭޝަން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 ރިހެބިލިޓޭޝަން:

- ކައުންސިލިންގ،  ސައިކޮލޮޖީ، ސޯޝަލް ވޯކަރ، ސޯޝަލޮޖީ

މީޑިއާ ޕަބްލިކް ރިލޭޝަން:

- ޖަރނަލިޒަމް، މީޑިއާ ކޮމިއުނިކޭޝަން،  ޕަބްލިކް ރިލޭޝަން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ތައުލީމް
  • ތަޖުރިބާ (ޖަލު ހިންގާ ބެލެއްޓުމުގެ ނިޒާމާއި ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ)
     

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ރޭޑިއޯ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީ
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
  • ޕޮލިސް ރިޕޯޓް (03 މަސްދުވަސް ހަމަނުވާ)

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާ އެކު 2024 ނޮވެމްބަރު 17ވާ އާދިއްތަ ދުވަހުގެ 14:30 ނިޔަލަށް  [email protected]އަށް  މެއިލް ކޮށްދެއްވުން އެދެމެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.

 

 

06 ނޮވެންބަރު 2024