މަސައްކަތް
ނަންބަރު: (IUL)247-CA/247/2024/108
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:39
ސުންގަޑި: 07 ނޮވެންބަރު 2024 15:45
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ ކައުންސިލް އިދާރާގެ މަރާމާތުކުރުމުގެ ބައެއް މަސައްކަތްތްތައް ކޮށްދޭނެ ފަރާތެއް ހޯދުން އަގު ހުށަހެޅުއްވުމުގެ ދަޢުވަތު

          ހޯރަފުށީ ކައުންސިލް އިދާރާގެ މަރާމާތުކުރުމުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މަސައްކަތްތަކުގެ ތަފްސީލް އަދި އިވެލުއޭޝަންގެ ތަފްސީލް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ.

         ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ލިންކުން އަގު ހުށައެޅުއްވުން އެދެމެވެ.

https://forms.gle/7AhW48PLxLUJf6Pf9

   އަގުހުށައެޅުއްވުމުގެ ސުންގަޑި

 

ތަފްޞީލް

ތާރީޚް

ދުވަސް

ސުންގަޑި

އަގުހުށައެޅުއްވުމުގެ ސުންގަޑި

07 ނޮވެމްބަރު 2024

ބުރާސްފަތި

15:45

މި އިޢުލާނަށް އަގުހުށައެޅުއްވޭނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

1.ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކޮށްފައިވާ ކުންފުނިތައް.

2.ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޕާޓްނަރޝިޕްތައް.

3.ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

4.އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

04 ޖުމާދަލްއޫލާ 1446

06 ނޮވެންބަރު 2024