ބީލަން
ނަންބަރު: FSM-ADV/2024/095
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 20 ނޮވެންބަރު 2024 11:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް،

މާލެ، ދިވެހިރާއްޖެ.

                                                                                                            ނަންބަރު: FSM-ADV/2024/95

 

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

      

               ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް،  ގދ ތިނަދޫއިން އެރަށުގެ (ބޭނުންވެއްޖެ ހިނދެއްގައި ކައިރި ރަށްރަށުގެ) އެމްއެންޑީއެފް، އެމްޕީއެލް އަދި މިނޫންވެސް ސަރުކާރު އިދާރާތަކާއި/ކުންފުނިތަކުގެ އުޅަނދުތަކަށް ޑީސަލާއި ޕެޓްރޯލް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ރެޖިސްޓްރޭޝަން:  މިބިޑުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން،14 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް [email protected] އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

 

މެއިލްގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.

  • ކުންފުނި / ވިޔަފާރި ހުއްދަ / އަމިއްލަ ފަރުދުގެ ނަން
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ކުންފުނި ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް / އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު
  • އިޢުލާނު ނަންބަރު

 ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ.

 

  • ބީލަން ހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ، 20 ނޮވެމްބަރު 2024 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.

              މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.  

              

06 ނޮވެމްބަރު 2024

06 ނޮވެންބަރު 2024