ދިވެހިރާއްޖެ
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ " އިނގުރައިދޫ ކައުންސިލްގެ މަސްރޭސް 2024" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
މިކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން މިއަހަރުވެސް މަސްވެރިންގެ ދުވަސް ރަށުފެންވަރުގައި ފާހަގަކުރުމަށްޓަކައި، ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލައިގެން މަސްބޭނުމުގެ މުބާރާތެއް (މަސްރޭހެއް) ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ނޮވެންބަރު 2024 ވާ ހޮނިހިރު ދުވަހުއެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އިނގުރައިދޫގައި ދިރިއުޅޭ ދެ ޖިންސުގެ 18 އަހަރުން މަތީގެ ޢުމުރު ފުރާގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެންނެވެ. މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް މި އިޢުލާނާއި އެކުގައިވާ ޤަވާއިދުގައި ވާނެއެވެ.
ވީމާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން " އިނގުރައިދޫ ކައުންސިލްގެ މަސްރޭސް 2024" ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު 20 ނޮވެންބަރު2024 ވަނަބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމް މެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ. މި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.