ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)362/362/2024/35
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 18 ނޮވެންބަރު 2024 10:00
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ރަތްމަންދޫ " އައުޓްޑޯ ވޮލީކޯޓް " ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދަށް ވެލިއެޅުމުގެ މަސައްކަތް.

 

 

މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ

      ރަތްމަންދޫ، ދިވެހިރާއްޖެ.        

                               ނަމްބަރ: (IUL)362/362/2024/35

 

އިޢުލާނު

 

މ.ރަތްމަންދޫ "އައުޓްޑޯވޮލީކޯޓް" ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދަށް ބޭނުންވާ ވެލި ކައުންސިލުން ފޯރުކޮށްދިނުމުން ވެލިއެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

މި ކައުންސިލް އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށްމ.ރަތްމަންދޫ "އައުޓްޑޯ ވޮލީކޯޓް" ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދަށް ބޭނުންވާ ވެލި ކައުންސިލުން ފޯރުކޮށްދިނުމުން ވެލިއެޅުމުގެ މަސައްކަތްކުރަން ޝައުޤުވެރިވާ ފަރާތްތަކުން އެކަމައްއެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

            މި މަސައްކަތާބެހޭ މަޢުލޫމާތު ސާފުކުރުމަށް މިއިދާރާގެ ނަންބަރު 6720602 އަށް ގުޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން 18 ނޮވެމްބަރު 2024 ވަނަދުވަހު 10:00 ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުން އެދެމެވެ. އީމެއިލް މެދިވެރިކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން އީމެއިލް ކުރާނީ މިއިދާރާގެ [email protected] އަށެވެ.

             އަންދާސީ ހިސާބު ހުށަހަޅާނީ 21 ނޮވެމްބަރު 2024 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށްހާޒިރުވެ އެކަމަށްކަނޑައެޅިފައިވާ ބައްދަލްވުމުގައެވެ. މި މަސައްކަތުގެ މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކުންވެސް އަންދާސީ ހިސާބު ހުށަހަޅަންވާނީ ކަނޑައެޅިފައިވާ ގަޑިއަށް ކައުންސިލް އިދާރާއަށް ހާޟިރުވެގެންނެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު (2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެ އަސްލު ގެންނަން ވާނެއެވެ.  އަންދާސީ ހިސާބު ހުށަހެޅުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ހާޒިވާ ފަރާތްތަކުން ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

                              04 ޖުމާދަލްއޫލާ 1446

                              06 ނޮވެމްބަރު 2024

06 ނޮވެންބަރު 2024