ބީލަން
ނަންބަރު: (IUL)264/PRIV/2024/82
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 19 ނޮވެންބަރު 2024 13:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީ.ސީ.ޓީ.ވީ ކެމެރާ އަދި ޑޯލޮކް ސިސްޓަމް ހަރުކުރުން

މި ކައުންސިލް އިދާރާގައި ސީ.ސީ.ޓީ.ވީ ކެމެރާ އަދި ޑޯލޮކް ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 19 ނޮވެންބަރު 2024 ވާ (އަންގާރަ) ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް މިއިދާރާގެ ނަންބަރ 6520043 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީކުރަންވާނެއެވެ.
ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/v4g7cKTHngmSGVMU9
ތަފްޞީލް ތާރީޚް ގަޑި
ރަޖިސްޓަރ ވުމުގެ ސުންގަޑި 19 ނޮވެންބަރު 2024 (އަންގާރަ) 13:00
ޕްރީބިޑް ބައްދަލުވުން 20 ނޮވެންބަރ 2024 (ބުދަ) 10:00
އަންދާސީ ހިސާބު ހުށަހެޅުން 25 ނޮވެންބަރ 2024 (ހޯމަ) 10:00
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުމަށް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.
ފޯން: 6520043
އީ-މެއިލް: [email protected]

06 ނޮވެންބަރު 2024