ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)350-SA/350/2024/65
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 17 ނޮވެންބަރު 2024 13:00
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ލޭބަރ

މި ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް، މިއިދާރާއިން ކުރަމުންދާ މަސައްކަތަށް ވަގުތީ މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:              މުނިސިޕަލް މަސައްކަތު

ބޭނުންވާ ޢަދަދު:        1 (އެކެއް)    

މަޤާމުގެ ރޭންކް:        އެސް އެސް 1

މަޤާމުގެ ގިންތި ( މުއްދަތު): ވަގުތީ ( މީލާދީ 1 އަހަރުގެ މުއްދަތައް)

ކްލިސިފިކޭޝަން:       ސަޕޯޓް ސްޓަރފް

ސެކްޝަން:           އިކޮނޮމިކް ސޯޝަލް އެންޑް މުނިސްޕަލް ސަރވިސަސް.

ވަޒީފާ އަދާކުރަންޖެހޭތަން:  އދ މަހިބަދޫ ކައުންސިލްގެ އިދާރާ (އދ މަހިބަދޫ)

މުސާރަ:             3100.00

ސަރވިސް އެލަވަންސް:    1000.00

ސަޕޯޓިންގ ކޯ އެލަވަންސް: 1200.00

މިނިމަމް ވޭޖް އެލަވަންސް:  1828.00

މުސާރަ އާއި އެލަވްންސްގެ އިތުރުން، އުސޫލުތަކާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތު ނުކުތުމަށް ހަމަޖެހިފައިވާގޮތް: ހަފުތާއަކު 6 ދުވަހު، ދުވާލަކު 6 ގަޑިއިރު.

 

މަޤާމުގެ ޝަރުތު:

ލިޔަންކިޔަން އެނގުން، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފުރިހަމަ ސިއްޙަތެއްގައިހުރި މީހަކަށްވުން.

 

 

 

 

 

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތު

1-        ސެކްރެޓަރީ ޖެނެރަލް އަދި ސްޕަރވައިޒަރގެ ބެލުމުގެދަށުން ރަށް ސާފުކުރުމުގެ އެންމެހާ ކަންކަންކުރުން،

2-        ސެކްރެޓަރީ ޖެނެރަލް އަދި ސްޕަރވައިޒަރގެ ބެލުމުގެދަށުން ތާވަލާ އެއްގޮތަށް ތަރުތީބުން ކުނިވާޒާތުގެ ކުނި ނެގުން،

3-        ސެކްރެޓަރީ ޖެނެރަލް އަދި ސްޕަރވައިޒަރގެ ބެލުމުގެދަށުން ތާވަލާ އެއްގޮތަށް ތަރުތީބުން އެކިބާވަތް ތަކުގެ ކުނި ނެގުން،

4-        ކުނި ނައްތާލާ މަރުކަޒު އިންތިޒާމު ކުރުން،

5-        އިދާރާއިން ހަވާލުކުރާ އެކިއެކި މަސައްކަތުގައި ބައިވެރިވުން،

6-        ދިމާވާ ކުއްލި ޙާލަތްތަކުގައާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމަށް އެދެވޭނެ ގޮތާއި ސުންގަޑި:

މި މަސައްކަތް ކުރެއްވުމަށް ޝައުގު ވެރިކަންހުރި، ޢުމުރުން 18 އަހަރުފުރިހަމަ ވެފައިވާ ފަރާތްތަކުން 17 ނޮވެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13.00 ގެ ކުރިން އދ މަހިބަދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުންއެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1 ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2 ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުށްފެންނަ ސާފު ކޮޕީ،

3 ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި، އީމެއިލް އެޑްރެސް)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުތައް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތައް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

 

 

 

 

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

            މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 25 ނޮވެމްބަރ 2024 ވާ ހޯމަ ދުވަހު، މި އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680773 ނަންބަރު ފޯނާއެވެ.

              ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

06 ނޮވެންބަރު 2024