މަސައްކަތް
ނަންބަރު: (IUL)443-CO/443/2015/39
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 05 ޖުލައި 2015 11:00
ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނާޑު ކަނބުރާ މިސްކިތާއި މަސްޖިދުއްޞިއްދީޤުގެ ވަށައި ފާރު ރޭނުން

ނަންބަރު IUL)443-CO/443/2015/37)ފ(10 ޖޫން 2015) އިޢުލާނާ ގުޅޭ:

ޙަވާލާދެވިފައިވާ އިޢުލާނާ ގުޅިގެން ކުރެވުނު އިޢުލާނުގައި ބަޔާންކޮށްފައިވާ މަސައްކަތަށް އެކަށީގެންވާ ވަރަށްވުރެ މަތީ އަގުތަކެއް ހުށަހަޅާފައިވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ފުނާޑު ކަނބުރާ މިސްކިތާއި މަސްޖިދުއްޞިއްދީޤުގެ ވަށައި ފާރު ރޭނުމަށް ބޭނުންވާތީ، މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ފުނާޑު ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޖުލައި 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ވިޔަފާރި ކުރުމަށް ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

08 ރަމަޟާން 1436

25 ޖޫން 2015