މަސައްކަތް
ނަންބަރު: (IUL)202-A/1/2015/83
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި: 06 ޖުލައި 2015 11:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސޮފްޓްވެއަރއެއް ތައްޔާރުކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީގެ އެއްގަމާއި ކަނޑުގެ ޚިދުމަތްތައް ދިނުމުގައި ބޭނުންކުރާނެ ސޮފްޓްވެއަރއެއް ތައްޔާރުކުރުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު IUL)202-A/1/2015/76)ފ(03 ޖޫން 2015) އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ އިސްވެދެންނެވުނު އިޢުލާން ބާޠިލުކޮށް އަލުން މިމަސައްކަތަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

11 ރަމަޟާން 1436    

28 ޖޫން 2015