ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LMS/468/2024/299
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 14 ނޮވެންބަރު 2024 13:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުވައްމުލަކު ފުނާޑު، ފުޓްސަލް ދަނޑުގެ އިރު ދެކުނުން އޮތް ހުސްބިމުގައި ހުރި ތިރީގައި މި ދަންނަވާ ރުއްގަސްތަކުގެ މިލްކުވެރި ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • ނަންބަރު 1، 6، އަދި 7 ޖަހާފައިވާ ފުނަ ގަސްތައް
  • ނަންބަރު 2، 3، 4، 5 ޖަހާފައިވާ ރުއްތައް

 

ވީމާ މި ރުއްގަސްތަކުގެ މިލްކުވެރިފަރާތެއް ވާނަމަ 2024 ނޮވެންބަރު 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ އެ ރުއްގަސްތަކުގެ މިލްކުވެރިކަން އެނގޭނެ ލިއުމަކާއިއެކު ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް މެނޭޖްމަންޓް ސެކްޝަނަށް (ކުރީގެ ފުވައްމުލަކު އޮފީސް ހުރި ޢިމާރާތް) ހުށަހެޅުއްވުން އެދެމެވެ.    

06 ނޮވެންބަރު 2024