ދިވެހިރާއްޖެ
`
އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިއްދޫ، ދިވެހިރާއްޖެ
އިޢުލާނު ކުޑަކުދިންގެ ޕާރކް ހެދުމާއިގުޅޭ
މިއިދާރާއިން ދޭ ކުރެހުމާއި އެއްގޮތަށް، މިރަށު ކުޑަކުދިންގެ ޕާރކް ހެދުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ނޮވެންބަރ 2024 ވާ އާދީތަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލްގެ ފޯން ނަންބަރު 6680057 އަށް ގުޅުއްވައިގެން، ނުވަތަ ވައިބަރ ނަންބަރު 9214054 އަށް މެސެޖުކުރައްވައިގެން ނުވަތަ ރަސްމީގަޑީގައި ކައުންސިލަށް ދުރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ވިޔަފާރިތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ނަން ނޯޓްނުކުރައްވާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6680057 އަށް ގުޅުއްވުން އެދެމެވެ. |
||||||
04 ޖުމާދަލްއޫލާ 1446 |
06 ނޮވެމްބަރ 2024