ނީލަން
ނަންބަރު: (IUL)1-CSO(FM)/1/2024/85
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:03
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
2 ކާރު ސިޓީލާ ނީލަމުގައި ވިއްކާލުން

 

އިޢުލާން

2 ކާރު ސިޓީލާ ނީލަމުގައި ވިއްކާލުން

މި އޮފީހުގެ 2 ކާރު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 ގެ ކުރިން ކާރު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގުހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު (NL04 ފޯމު) ފުރިހަމަކޮށް ވަކި ސިޓީއުރައެއްގައި ބަންދުކޮށް، އެ ނީލަމަކަށް ކަނޑައަޅައިފައިވާ ފޮއްޓަށް ލައިގެންނެވެ. ސިޓީއުރައިގެ ބޭރުގައި ނީލަން ނަންބަރާއި، "ކާރު ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ. އަގު ހުށަހަޅަންވާނީ ކޮންމެ ކާރެއް ވަކިންނެވެ.

ނީލަމަށް އަގު ހުށަހަޅާ ފޯމު، މި އިޢުލާނުގައި އެއްކަރުދާސް ކޮށްފައި އެވަނީއެވެ. އަދި، މީގެ އިތުރުން، ނީލަމަށް އަގު ހުށަހަޅާ ފޯމު މި އޮފީހުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

ކޮންމެ ދުވަހަކު މެންދުރުފަހު 13:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެދުވަހެއްގެ މެންދުރުފަހު  14:00 ގައި މި އޮފީހުގެ ރިހިޖެހިކޮށީގައި ހުންނަ ނޯޓިސްބޯޑްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 (ދޭއް) ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު، ކާރު ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާދައްކާފައި ނުވާނަމަ، އެފަރާތަކަށް ދޫކުރާ ނީލަން ކާމިޔާބުކުރި ކަމުގެ ލިޔުން ބާޠިލުކޮށް  ދެވަނައަށް އެންމެ މަތީއަގު ހުށަހެޅި ފަރާތަށް ނީލަން ކާމިޔާބުވެފައިވާކަން އަންގާ ލިޔުން ދޫކުރެވޭނެއެވެ. އަދި، ނީލަން ކާމިޔާބުކޮށް، ފައިސާ ނުދެއްކުމުގެ ސަބަބުން ނީލަން ބާޠިލުކުރަން ޖެހިއްޖެނަމަ،
އެ ފަރާތަކަށް މި އޮފީހުން ކިޔާ ނީލަންތަކުގައި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް  ބައިވެރި ނުވެވޭނެއެވެ.

 

ސިޓީލާ ނީލަން ނަންބަރ 01/2024

 

ރަޖިސްޓަރީ ނަންބަރު:

B1A1507 ކާރު (މަޑު އަޅިކުލަ) ރަޖިސްޓަރީ ބާޠިލުކޮށްފައި

ރަޖިސްޓަރީ ބާޠިލުކުރި ތާރީޚް:

15/10/2024

ޗެސިސް ނަންބަރު:

FB15-128097

މޮޑެލްނަންބަރު:

NISSAN – GF-FB15

އިންޖީނު ނަންބަރު:

QG-15458434

އެތެރެކުރި އަހަރު:

2001

ހަކަތައިގެ ބާވަތް:

ޕެޓްރޯލް

އުފުލޭ މީހުންގެ އަދަދު:

4

ނީލަން ފެށޭއގު:

20000.00 (ވިހިހާސް) ރުފިޔާ

ފަހަރަކު އިތުރުކުރެވޭ އެންމެ ކުޑަ އަގު:

1000.00 (އެއްހާސް) ރުފިޔާ
   

 

 

ސިޓީލާ ނީލަން ނަންބަރ 02/2024

 

ރަޖިސްޓަރީ ނަންބަރު:

B1A1656 ކާރު (ގަދަ އަޅިކުލަ) ރަޖިސްޓަރީ ބާޠިލުކޮށްފައި

ރަޖިސްޓްރީ ބާޠިލުކުރި ތާރީޚު:

15/10/2024

ޗެސިސްނަންބަރު:

FB15-128062

މޮޑެލްނަންބަރު:

NISSAN – GF-FB15

އިންޖީނު ނަންބަރު:

QG15-457984

އެތެރެކުރި އަހަރު:

2001

ހަކަތައިގެ ބާވަތް:

ޕެޓްރޯލް

އުފުލޭ މީހުންގެ އަދަދު:

4

ނީލަން ފެށޭއަގު:

20000.00 (ވިހިހާސް) ރުފިޔާ

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު:

1000.00 (އެއްހާސް) ރުފިޔާ

     

 

ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކާރު ބަލާލުމުގެ އިންތިޒާމް 2024 ނޮވެންބަރު 7 ވަނަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން، ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރު 12:00 އަށް އަމީނީމަގުގައި ހުންނަ މި އޮފީހުގެ ރިހިޖެހި ކޮށީގައި ހަމަޖެހިފައިވާނެއެވެ. ނީލަމަށް އަގުހުށަހަޅާ ފޯމު ލާފޮށި 2024 ނޮވެންބަރު 13 ވާ ބުދަ ދުވަހުން ފެށިގެން ނީލަން ނިމެންދެން މި އޮފީހުގެ ރިސެޕްޝަންގައި ބަހައްޓާފައި ހުންނާނެއެވެ. 

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

4 ޖުމާދަލްއޫލާ 1446

06 ނޮވެންބަރު 2024