ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)278/278/2024/44
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 05 ޑިސެންބަރު 2024 14:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަސާސީ ދަނޑު ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

މިއިދާރާއިން 5 ނޮވެންބަރު 2024 ގައި ޢާންމުކޮށްފައިވާ "ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުޞޫލު" ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ދަނޑު ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އަސާސީ ދަނޑު ދިނުމަށް ހަމަޖެހިފައިވަނީ މިރަށުގެ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހަކާ އިނދެގެން އުޅޭ ނުވަތަ އަމިއްލަ ގެއެއް ނުވަތަ ގޯއްޗެއް ލިބިފައިވާ މިރަށުގެ ރައްޔިތުންނަށެވެ. ނަމަވެސް ދަނޑު ދޫކުރުމުގައި ގެދޮރުއަޅައިގެން ވަކިން ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މިއިދާރާއިން ފަތްކެޔޮ ހެއްދުމަށް ކުރިން ދޫކޮށްފައިވާ ދަނޑުތަކާއި އަދި ފަތްކެޔޮ ހެއްދުމަށް މިހާރު ބޭނުންކުރަމުންދާ ދަނޑުތައްވެސް ދެން އިތުރަށް ދެމެހެއްޓޭނީ މި ފުރުޞަތުގައި އަސާސީ ދަނޑެއްގެ ގޮތުގައި ބޭއްވުމަށް އެދި ހުށަހަޅައިގެން ކަމުގައި ދަންނަވަމެވެ. އަދި އަސާސީ ދަނޑު ލިބޭ ފަރާތްތަކުން "ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުޞޫލު" ގެ ދަށުން ދަނޑު ބޭނުންކުރުމުގައި އުފުލަންޖެހޭ ޒިންމާތައް ނަންގަވަން ވާނެއެވެ.   

އެހެންކަމުން މިރަށުން އަސާސީ ދަނޑު ނަންގަވަން ބޭނުންވާ ފަރާތްތަކުން މިއިދާރާއިން އެކަމަށް އެދޭ ފޯމު ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު، 05 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. 

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

06 ނޮވެންބަރު 2024