ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-MS/266/2024/207
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:13
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ އޮޑިއެހެލާ ސަރަހައްދަށް ދޫކޮށްލާފައި ހުރި އޮޑިދޯނި ފަހަރު ނެގުމާއި ގުޅޭ

ކުޅުދުއްފުށީ އޮޑިއެހާލާ ސަރަހައްދު އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މަރާމާތުގެ މަސައްކަތެއް ކުރިޔަށް ނުދާ އަދި ވީރާނާވުމަށް ދޫކޮށްލާފައިވާ އޮޑީ ދޯނިފަހަރު ނެގުމުގެ މަސައްކަތް މިދަނީ މިއިދާރާއިން ކުރަމުންނެވެ. ދެންނެވިފައިވާގޮތަށް ދޫކޮށްލެއްވިފައިވާ ދޯނިތަކުގެ ތެރެއިން ނެގުމަށް ހަމަޖެހިފައިވާ  ދޯނިތަކުގެ ފޮޓޯ ތިރީގައި އެވަނީއެވެ.

ވީމާ، މިއަދުން ފެށިގެން 30 ދުވަސްތެރޭގައި މި ދޯނިތަކުގެ ވެރިފަރާތްތަކުން މި ދޯނިތައް ނަގައި ބިންސާފުކުރުމަށް އަންގަމެވެ. މި އެންގުމަށް އަމަލުނުކޮށްފިނަމަ މިދޯނިތަކަކީ ވީރާނާވުމަށް ދޫކޮށްލާފައިވާ ދޯނިތަކެއް ކަމަށްބަލާ، "ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު –2024/R-73" ގެ 32 އަދި 33 ވަނަ މާއްދާގެ ދަށުން އިތުރު އެންގުމަކާއި ނުލާ ނަގާ، ނައްތާލެވޭނެ ކަމުގައި ޢާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

06 ނޮވެންބަރު 2024