ދިވެހިރާއްޖެ
މިމިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް ޢާންމު ޚިދުމަތްތަކާބެހޭ ބައި އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:
މި މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް ޢާންމު ޚިދުމަތްތަކާބެހޭ ބައި އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެގެން 04 މޭ 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/126) އާ ގުޅިގެން ހުށަހަޅާފައިވާ އަގު އެކަށީގެންވާ އަގަށްވުރެ ބޮޑުއަގެއް ކަމުގައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޖުލައި 2015 ވަނަ ދުވަހުގެ މެންދުރު 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ޖުލައި 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
12 ރަމަޟާން 1436