ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-CCD/438/2024/494
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 18:50
ސުންގަޑި: 10 ނޮވެންބަރު 2024 14:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ފުރަތަމަ ބައިއެނިއަލް ޓްރާންސްޕޭރަންސީ ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލުން

ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ މުޢާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން ދިވެހިރާއްޖޭގެ ފުރަތަމަ ބައިއެނިއަލް ޓްރާންސްޕޭރަންސީ ރިޕޯޓު ގެ ޑްރާފްޓް މިހާރު ވަނީ ތައްޔާރުކޮށް ނިމިފައެވެ. ދިވެހިރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ މުޢާހަދާ ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތްތަކާއި ޖައްވަށް ދޫކުރެވޭ ވިހަގޭހުގެ މިންވަރު ދެނެގަތުމާއި ވިހަގޭސް މަދުކުރުމަށް ކުރެވޭ މަސައްކަތްތައް މި ރިޕޯޓުގައި ހިމެނިފައިވާނެއެވެ.

މި ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މި ރިޕޯޓު ގެ ޑްރާފްޓް މި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި ރިޕޯޓަށް ހިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، 2024 ނޮވެމްބަރު 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށް ފޮނުއްވުން އެދެމެވެ.

05 ނޮވެންބަރު 2024