ދިވެހިރާއްޖެ
ކުރީގެ އެޓޮލްސް މިނިސްޓްރީ ހުރި ބިމުގައި ޕާކިންގ ޒޯނަކާއި، ޕޯސްޓެއް ހެދުމާ ބެހޭ:
ކުރީގެ އެޓޮލްސް މިނިސްޓްރީ ހުރި ބިމުގައި ޕާކިންގ ޒޯން އަކާއި ، ޕޯސްޓް އެއް ހަދައިދޭނެ ފަރާތެއް ހޯދަން ކޮށްދޭނެ ފަރާތެއް ބޭނުންވެގެން 04 މޭ 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/125) އާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޖުލައި 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 01:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ޖުލައި 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 01:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
12 ރަމަޟާން 1436