ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)289/289/2024/71
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 13 ނޮވެންބަރު 2024 10:30
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ބަންޑާރަފަޅިން ވަގުތީ ބިން ދޫކުރުމާއިބެހޭ:

އަންނަ ރަމަޟާންމަހަށް ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ލަންދޫ ރައްޔިތުންނަށް ބަންޑާރަފަޅިން 7 މަސްދުވަހުގެ މުއްދަތަށް 5000 (ފަސްހާސް) އަކަފުޓްގެ 15 ބިން ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. މިކަމަށް ދޫކުރެވޭ ބިންތަކުގެ މަހު ކުއްޔަކީ އަކަފޫޓަކަށް 5 ލާރިއެވެ.

                ވީމާ، ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 10:30އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިކަމަށް އެދޭފޯމް ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފްކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމްް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި ފޯމް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަންބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވެވުންއެދެމެވެ.  

          މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

05 ނޮވެންބަރު 2024