ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2024/112
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 24 ނޮވެންބަރު 2024 11:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ބިން ކުއްޔަށް ދޫކުރުމާބެހޭ

 

ވިޔަފާރި ބިން ކުއްޔަށް ދޫކުރުމާބެހޭ

 

           މިކައުންސިލް އިދާރާއިން ވިޔަފާރި ބިމުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން 25 އަހަރުގެ މުއްދަތަށް ވިޔަފާރި ބިންތައް ދޫކުރުމަށްވަނީ ނިންމާފައެވެ. އެހެންކަމުން ވިޔަފާރި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

 

ބިމުގެ ކެޓަގަރީ

ތަފްސީލް

ބިމުގެ އަދަދު

ބިމުގެ ބޮޑުމިން

(1)   ކޮންސްޓްރަކްޝަން،ގޭސް، ކެމިކަލް، ގަރާޖް، ވޯކްޝޮޕް، ކާޕެންޓްރީ

65 ނަންބަރ ކޮށިން 3

1500 އަކަފޫޓު 1 ބިން،

1040 އަކަފޫޓް 2 ބިން

(2)   ކެފޭ، ރެސްޓައުރެންޓް، ރިއަލްސްޓޭޓް، ފިހާރަ

71 ނަންބަރ ކޮށިން 4

1600 އަކަފޫޓު

(3)   ރީޓެއިލް ވިޔަފާރި

74 ނަންބަރ ކޮށިން 1

1500 އަކަފޫޓު

(4)   އިމްޕޯމުދަލުގެ ވިޔަފާރި (ފިހާރަ)

14 ނަންބަރ ކޮށިން 1

1098 އަކަފޫޓު

 

#

ތަފްސީލް

މާކުސް

1

ބިމުކުލި)މިބަޔަށް މާރކްސް ދޭނީ އެންމެ ބޮޑެއް އަގެއް ހުށަހަޅާ އަގަކީ ބެންޗް މާކް ކަމުގައި ބަލައިގެން ކްރައިޓީރީއާއަށް ދެވިފައިވާ ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން  އެންމެ ގިނަ މާރކްސް ލިބޭނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގަށެވެ.(

50

2

ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއްފަހަރާ އެޑްވާންސްކޮށް އެ ބިމަކަށް އެންމެ ގިނަ ފައިސާ ދިނުމަށް ހުށަހަޅާ ފަރާތް. މިގޮތުން އެފަރާތްތަކުން ދައްކާފައިސާ ކުލިން ކެނޑޭނެއެވެ.

20

3

އިޖްތިމާއީ ކަންކަމަށް އެހީތެރިވެދޭ މިންވަރަށް.

20

4

ބީލަން ހުށަހަޅާ ކެޓަގަރީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ ބިންތަކުން އެ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ތަޖުރިބާގެ މުއްދަތަށް. (10 މާކުސް) މިގޮތުން އެމަސައްކަތް ކުރާކަމުގެ ލިޔުން ބިޑާއިއެކު އެފަރާތްތަކުން ޙުށަހަޅަންވާނެއެވެ.

10

 މާކުސް ދެވޭ މިންގަނޑު:

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން.

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 13 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު މި އިޢުލާނާއިއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ، [email protected] މެއިލްއަށް މެއިލް ކޮށްދެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް

 

މައުލޫމާތު ދިނުން.

  • ބީލަންވެރިންނަށް މައުލޫމާތު އޮންނާނީ 14 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 11:00ގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.
  • މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަންވެރިންނަށް މެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލައެއްވާނަމަ އީމެއިލް ކުރައްވާނީ 14 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިކައުންސިލުގެ [email protected] މެއިލަށެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން:

  • ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 24 ނޮވެމްބަރ 2024 ވަނަ ދުވަހު 11:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކުސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 6820020، މޯލްބައިލް: 7916100

އީމެއިލް:[email protected]

05 ނޮވެންބަރު 2024