ދިވެހިރާއްޖެ
މ. ދިއްގަރުގެ ޞިއްޙީމަރުކަޒުގައި ކުރަންހުރި މަސައްކަތްތަކުގެ ސްކޯޕަށް ބަދަލުގެނެވިފައިވާތީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ ނަންބަރު 129/IUL)23-AP/1/2015)ފ(28 މޭ 2015) އިޢުލާން ބާޠިލު ކުރުމަށްފަހު މ. ދިއްގަރު ޞިއްޙީމަރުކަޒުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖުލައި 08 ވާ ބުދަ ދުވަހުގެ 11:00އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު)، މ. މުލީ ރީޖަނަލް ހޮސްޕިޓަލް އަދި މ. ދިއްގަރު ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖުލައި 15 ވާ ބުދަ ދުވަހުގެ 11:00އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު)، މ. މުލީ ރީޖަނަލް ހޮސްޕިޓަލް އަދި މ. ދިއްގަރު ޞިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
13 ރަމަޟާން 1436