ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)459-PL/459/2024/103
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 18 ނޮވެންބަރު 2024 00:00
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
މިވުޒާރާ އަށް ބޭނުންވާ އައިޓީ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

ޔުނިސެފާއި ގުޅިގެން މި ވުޒާރާގައި ގާއިމްކުރެވޭ ސޯޝަލް ޕްރޮޓެކްޝަން އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް އަށް ބޭނުންވާ އައިޓީ އާއި ގުޅުންހުރި ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 12 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

 

eportal.msfd.gov.mv

މަތީގައިވާ ލިންކް މެދުވެރިކޮށް ބިޑަށް ރަޖިސްޓްރީ ކުރުމަށްޓަކައި ބިޑް ރަޖިސްޓްރޭޝަން ލިންކް އަށް ކްލިކް ކުރުމަށްފަހު ކުރިމަތި ލާން ބޭނުންވާ އިއުލާން ނަންބަރު ނެގުމަށްފަހު ކުންފުނި އަދި މީހާގެ މަޢުލޫމާތު ފުރިހަމަކޮށް ސޭވް ކުރުމަށްފަހު ފޯމް ސަބްމިޓް ކުރުމުން ބިޑަށް ރަޖިސްޓްރީ ކުރެވުނީއެވެ.

 

ތާރީޚް

ދުވަސް

ގަޑި

ތަން

 

އަންދާސީ ހިސާބު ހުށައެޅުއްވުން

18 ނޮވެމްބަރ 2024

ހޯމަ

11:00

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

(އުމަރު ޒާހިރު އޮފީސް ބިލްޑިންގ،
 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ)

05 ނޮވެންބަރު 2024