މަސައްކަތް
ނަންބަރު: GS81/IUL/2024/18
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 18 ނޮވެންބަރު 2024 11:00
ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
2025 ވަނަ އަހަރު، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

2025 ވަނަ އަހަރު، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމާއި ގުޅޭ!

 

2025 ވަނަ އަހަރު، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވާތީ، އެ ފުރުޞަތު ހުޅުވާލަމެވެ.

2025 ވަނަ އަހަރު މިސްކޫލްގެ  ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ނޮވެމްބަރ 18 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2024 ނޮވެމްބަރ 26 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ.

މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބާއި މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީހިސާބު ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއް ގައެވެ. ސިޓީއުރައިގެ ބޭރުގައި "ސެކިޔުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ދިނުމަށްއެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާ ފަރާތްތަކުން ޙައްވާ ސިމްލާ (7593070) މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

03 ޖުމާދަލްއޫލާ 1446

05 ނޮވެންބަރު 2024