މަސައްކަތް
ނަންބަރު: GS147-C/2024/30
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 08:46
ސުންގަޑި: 17 ނޮވެންބަރު 2024 11:00
ގާފަރު ސްކޫލް
ދިވެހިރާއްޖެ
ސުކޫލްގެ ޕްލޭއޭރިއާގައި ވެލިކުޅޭތަނެއް އަދި ޕޫލްއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

                                                               ނަމްބަރު: GS147-C/2024/30

އިޢުލާން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

         މި ސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް ސުކޫލްގެ ޕްލޭއޭރިއާގައި ވެލިކުޅޭތަނެއް އަދި ޕޫލްއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

         މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ

އަންދާސީ ހިސާބުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 12 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހު 10:00 ކުރިން ސުކޫލްގެ އިދާރާއަށް ޙާޒިރުވެ ނުވަތު 6640577 ގުޅުއްވާގެން ރަޖިސްޓްރީވުން އެދެމެވެ. މި މަސައްކަތާ ބެހޭ މަޢުލޫމާތު ބައްދަލުވުން  އޮއްނާނީ 12 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 10:30ގައި ގާފަރު ސުކޫލްގައެވެ.

          ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 17 ނޮވެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ސްކޫލަށް ދުރުވެ އަންދާސީ ހިސާބުހުށަހެޅުމަށް އެދެމެވެ.

05 ނޮވެންބަރު 2024