މަސައްކަތް
ނަންބަރު: GS147-C/2024/31
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 18 ނޮވެންބަރު 2024 11:00
ގާފަރު ސްކޫލް
ދިވެހިރާއްޖެ
2025 ވަނަ އަހަރު ގާފަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                                                       އިޢުލާން ނަންބަރ: GS147-C/2024/31

 

 2025 ވަނަ އަހަރު ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. 2025 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ނޮވެމްބަރ 05 އިން 2024 ނޮވެމްބަރ 12 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:000 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ނޮވެމްބަރ 12 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ނޮވެމްބަރ 13 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލްގައެވެ.

5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ނޮވެމްބަރ 18 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލްގައެވެ.

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގާފަރު ސްކޫލް

 ކ.ގާފަރު

ފޯން: 6640577

އީ-މެއިލް: [email protected]

 

                                           03 ޖުމާދަލްޢޫލާ 1446

 

05 ނޮވެންބަރު 2024