ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2024/106
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 23:06
ސުންގަޑި: 10 ނޮވެންބަރު 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

ނ. ކެނދިކުޅުދޫއިން ޓުއަރިޒަމް ޒޯނުން ދިގު މުއަތަތަށް ދޫކޮށްފައިވާ ޓުއަރިޒަމް ބިމަށް ދިއުމަށް ތަރައްޤީކުރާ މަގާއި، މި ޕްރޮޖެކްޓުގެ ދަށުން ޓުއަރިޒަމް ޒޯނުން ސީ.އެސް.އާރު. ގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކުރާ ބިންތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.

ސަރަހައްދު

މިސަރަހައްދަކީ ނ. ކެނދިކުޅުދޫ ކުޅުދޫ އަވަށު ދަށްމަގުން އެންމެ އުތުރުން އަލަށް ދޫކޮށްފައިވާ ގެވަޅުތަކާއި އިންވެގެން، ވަލަށް ވަންނަ ހިސާބުންފެށިގެން އުތުރަށް ދަށްމަގުގެ ތެދަށް 164 މީޓަރު އުތުރަށް އަދި ރަށުގެ ގޮނޑުދޮށު ހޭޅިފަށާ ހަމައަށް ހުޅަނގަށް އޮތް ބިމުގެ ސަރަހައްދާއި، ޓުއަރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ 1 ހެކްޓްރުގެ ބިމުގެ އިރުން، ދަށްމަގާ ހަމައަށް އޮތް ބިމުގެ ސަރަހައްދެވެ.

 

ނަންބަރުތަކުގެ ތަފްޞީލު

މިސަރަހައްދުގެ މަގުތަކާއި ބިންތަކަށް އަރާ ރުއްގަހުގައި ނަންބަރު ޖަހާފައި ހުންނާނީ L1އިން ފެށިގެން L400އާ ހަމައަށް އަދި Z1އިން ފެށިގެން Z199އާ ހަމައަށް ކަޅު ކުލައިގެ ސްޕްރޭއިންނާއި، ފެހި ކުލައިގެ ދަވާދުންނެވެ.

  • ·         މިސަރަހައްދުގައި ހުރި ރުއްގަހުގެ ތެރެއިން، ނަންބަރު ނުޖަހާ ހުރި އެއްވެސް ރުއްގަހެއްގެ ވެރިފަރާތުން މިލްކުވެރިކަމަށް ދަޢުވާ ކުރާނަމަ، ހުށަހަޅާ ފޯމުގައި މި ރުއްގަހުގެ ތަފްޞީލާއި، މި ރުއްގަހުގެ ވަށައިގެން ކައިރީގައި ހުރި ރުއްގަހުގެ ނަންބަރާއި ތަފްޞީލު ލިޔަންވާނެއެވެ.

ވީމާ، މިސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން 10 ނޮވެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ރުއްގަސް ނަންނޯޓްކުރާ ފޯމް މެދުވެރިކޮށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ. ފޯމް ހުށައަޅާނީ ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރަށެވެ. ނުވަތަ އޮންލައިންކޮށްނަމަ [email protected] މި އީމެއިލް އެޑުރެހަށެވެ. ރުއްގަހުގެ ނަންބަރު ނޯޓްކުރާ ފޯމް، އަދި މިސަރަހައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓް ކުރަމެވެ. އަދި ރުއްގަސް ނޯޓްކުރާ ފޯމް މިކައުންސިލުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

02   ޖުމާދަލްއޫލަ  1446

04   ނޮވެންބަރު   2024

04 ނޮވެންބަރު 2024