ކުއްޔަށް ދިނުން
ނަންބަރު: (IUL)330-B/330/2024/82
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 21:35
ސުންގަޑި: 13 ނޮވެންބަރު 2024 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާއްމު ތަންތަނުގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް 25 ބިން ކުއްޔަށް ދޫކުރުން

"ޢާއްމުތަންތަނުގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ޢާއްމު އުޞޫލު" ގެ ދަށުން މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމަށް، ރަށުގެ އެކި ސަރަޙައްދުތަކުން 100 (އެއްސަތޭކަ) އަކަފޫޓްގެ 25 ބިން 01 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، މިބިންތައް ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މި އިޢުލާނުގެ ދަށުން ދޫކުރެވޭ ބިންތަކާބެހޭ މަޢުލޫމާތު އެނގޭނެ، ބިންތަކުގެ ލިސްޓް އަދި ބިންތަކާ ގުޅޭގޮތުން ޢަމަލުކުރެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

      މި ބިންތައް ލިބުމަށް އެދޭ ފަރާތްތަކުން 2024 ނޮވެންބަރު 12 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް، މިއިދާރާއިން ވިއްކާ "ޢާއްމުތަންތަނުގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމަށް ދޫކުރެވޭ ބިން ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމު" ގަނެ ފުރިހަމަކުރުމަށްފަހު، 13 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ 13:00 އަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ބިން ކުއްޔަށް ހިފުމަށް އެދޭ ފޯމެއްގެ އަގަކީ -/100 ރުފިޔާއެވެ. ފޯމުގެ ވެރިފަރާތުން ބޭނުންނަމަ ފޯމު ހުށަހެޅުމަށް ބަދަލުގައި ވެސް މީހަކު ފޮނުއްވިދާނެއެވެ. ކޮންމެ ފޯމަކުން ވެސް ކުއްޔަށް ހިފަން އެދެވޭނީ 1 (އެކެއް) ބިމެވެ. ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ފަރާތްތަކަށެވެ.

         ފޯމު ހުށަހެޅި ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުން އޮންނާނީ، ފޯމު ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައި ފޯމު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގައި ކާށިދޫ ކައުންސިލްގެ އިދާރާގައެވެ. ބިން ކުއްޔަށް ހިފުމަށް އެދޭ ފޯމު ގަތުމަށްފަހު ފޯމު ހުށަނޭޅިކަމުގައި ވިޔަސް ފޯމު ގަތުމަށް ދެއްކި ފައިސާ އަނބުރާ ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.

            ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

31 އޮކްޓޫބަރު 2024