މަސައްކަތް
ނަންބަރު: (IUL)434-PRC/434/2024/207
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 20:40
ސުންގަޑި: 17 ނޮވެންބަރު 2024 10:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު 17/2011 ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނެގޭ ޔޫރިން ސެކަންޑް ސާމްޕަލް ޓެސްޓްކުރުމުގެ ޚިދުމަތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު 17/2011 ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނެގޭ ޔޫރިން ސެކަންޑް ސާމްޕަލް ޓެސްޓްކުރުމުގެ ޚިދުމަތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 16 އޮކްޓޫބަރ 2024 ވަނަ ދުވަހު ކުރެވުނު މި އޭޖެންސީގެ ނަންބަރު:IUL)434-PRC/434/2024/199) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ހަމައެކަނި އަންދާސީ ހިސާބު ޝަރުތު ހަމަނުވާތީ، އަލުން މި ޚިދުމަތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

 މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 04 ނޮވެމްބަރ 2024ވާ ހޯމަ ދުވަހުން ފެށިގެން 16 ނޮވެމްބަރ 2024ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް އަދި އިވެލުއޭޝަން ކްރައިޓީރިއާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުއްވުން

17 ނޮވެމްބަރ 2024  (އާދީއްތަ)

10:00 (ހެނދުނު)

ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

04 ނޮވެންބަރު 2024