މަސައްކަތް
ނަންބަރު: J3C-A/2024/12
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 16:01
ސުންގަޑި: 14 ނޮވެންބަރު 2024 11:00
ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ. ފެލިދޫ މެޖިސްޓްރޭޓްކޯޓުގައި މިހާރު ބޭނުންކުރާ ފާޚާނާ ހޮޅި ތައް ރަށުގެ ރަސްމީ ނަރުދަމާގެ ނިޒާމާ ގުޅުމުގެ މަސައްކަތް

މި ކޯޓުން ފޯރުކޮށްދޭ މައްލޫމާތާއި ކުރެހުމާއި އެއްގޮތަށް ވ. ފެލިދޫ މެޖިސްޓްރޭޓްކޯޓުގައި މިހާރު ބޭނުންކުރާ ފާޚާނާ ހޮޅި ތައް މިހާރު ގުޅާފައިވާ ސެޕްޓިކް ޓޭންކުގެ ބަދަލުގައި ރަށުގެ ރަސްމީ ނަރުދަމާގެ ނިޒާމާ ގުޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 12 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހު ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 12 ނޮވެމްބަރ 2024 ވާ އަންގާރ ދުވަހުގެ 10:00 ގެ ކުރިން info@v-felidhoo.court.gov.mv އަށެވެ.

ބީލަން ހުށަހަޅާނީ 14 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓަށެވެ. މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

                  ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

04 ނޮވެންބަރު 2024