ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2024/89
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 14 ނޮވެންބަރު 2024 14:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުން

           މި ކައުންސިލްގެ ފަރާތުން ހއ. ބާރަށުގައި ވޮލީ ކުޅުމުގެ ރޫޙު އާލާކޮށް، ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ޤާއިމުކޮށް، ގުޅުން ބަދަހި ކުރުމުގެ މަޤުޞަދުގައި ފިރިހެން/އަންހެން ޑިވިޝަންގެ ވޮލީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހއ. ބާރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުލަބު، ޖަމުޢިއްޔާ، ޖަމާތްތަކަށާއި، ރަށުގެ އަމިއްލަ ފަރާތްތަކުގެ ނަމުގައި ޓީމުތަށް ބައިވެރިވެވޭ ގޮތަށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 01  ޑިސެންބަރު 2024  ވާ ބުރާސްފަތި ދުވަހުއެވެ.

                 މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން  14 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވުމަށް އެދި ހުށައެޅުމަށް ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ސެޓާއި،މުބާރާތުގެ ގަވާއިދު 04  ނޮވެންބަރު 2024  ވާ ހޯމަ ދުވަހުން ފެށިގެން ރަސްމީ ގަޑިތަކުގައި މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ގަވާއިދު މި އިދާރާގެ ވެބްސައިޓް www.baarah.gov.mv   ގައި އާއްމުކުރެވިފައިވާނެއެވެ. މި މުބާރާތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ކައުންސިލްގެ ފޯން: 6500016 އެވެ.

       ވީމާ،މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.

                        02 ރަބީޢުލްއުލަ 1446

04 ނޮވެންބަރު 2024