މަސައްކަތް
ނަންބަރު: (IUL)262/262/2024/102
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 21 ނޮވެންބަރު 2024 11:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނޮޅިވަރަންފަރު ކުޅިވަރު އެރީނާ ވަށާފާރު ރޭނުނުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ

ހދ. ނޮޅިވަރަންފަރު ކުޅިވަރު އެރީނާ ވަށާފާރު ރޭނުނުމުގެ މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީކުރުމުގެ ސުންގަޑި ‏17‏ ނޮވެމްބަރ‏ 2024‏ (އާދީއްތަ‏) 14:00 އަށް

ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/NFg3xe90cx

ޕްރީ ބިޑް މީޓިން ‏17‏ ނޮވެމްބަރ‏ 2024‏ (އާދީއްތަ‏)  11:00  އަށް ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން: ‏21‏ ނޮވެމްބަރ‏ 2024‏ (ބުރާސްފަތި‏)    11:00  އަށް

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، ބީލަން ފޮތް އަދި ބީލަން ފޮތުގެ ސެކްޝަން 4 ގައިވާ ޖަދުވަލުތައް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ ‏17‏ ނޮވެމްބަރ‏ 2024‏ (އާދީއްތަ‏) 11:00ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

04 ނޮވެންބަރު 2024