ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-TF/22/2024/344
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 14 ނޮވެންބަރު 2024 13:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މިއިދާރާއިން އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރެއްގެ މަޤާމަށް ކުރި އިއުލާނު ނަންބަރު: (IUL)22-TF/22/2024/251 ގެޒެޓްގައި ޝާއިޢުކުރެވިފައިނުވާތީ އަލުން ޝާއިޢު ކުރަމެވެ.

 

މަޤާމު:

އެސިސްޓެންޓް މެއިންޓަނަންސް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތައުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މުސާރަ:

މަހަކު -/5,020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

ރިސްކް އެލަވަންސް:

އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 25/- ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

ޓެކްނިކަލް/ސަޕޯޓް ކޯ އެލަވަންސް:

މަހަކު މުސާރާއިގެ %35

-/700ރުފިޔާ ކަނޑައެޅިފައިވާ އުސޫލުން ދެވޭނެއެވެ.

ފޯނު އެލަވަންސް:

އިތުރުގަޑި:

މަހަކު -/200 ރުފިޔާ

ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

  • އިމާރާތްތައް ދުވަހުން ދުވަހަށް ޗެކްކޮށް ބެލެހެއްޓުމުގައި އެހީތެރިވެދިނުން
  • އިމާރާތްތަކުގެ މަރާމާތުގެ މަސައްކަތް ސުޕަވައިޒް ކުރުމުގައި އެހީތެރިވެދިނުން
  • ފަންޑުގެ އިމާރާތްތައް ބަލަހައްޓައި ސާރވޭކުރުމާއި ރިޕޯޓް ތައްޔާރުކުރުން
  • ފަންޑުގެ އިދާރާ ގެ އިންވެންޓްރީގެ ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ތަޢުލީމީ ފަންޑު އިދާރާއަށް ހޯދޭ ތަކެއްޗާއި ޚިދުމަތް ހޯދުމުގެ މަސައްކަތު އެގްރީމެންޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  • ފޮޅާސާފުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއެކު ހެދިފައިވާ އެއްބަސްވުންތައްތައްޔާރުކުރުން
  • ބިޑް ޑޮކިޔުމަންޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  • ތަޢުލީމީ ފަންޑު ކޮމާޝަލް އިމާރާތްތައް ކުއްޔަށް ދިނުމާއި އެގްރިމެންޓް ކުރުމުގައި އެހީތެރިވެދިނުން
  • ފަންޑުގެ އިމާރާތްތަކުގެ ރަޖިސްޓަރީ ހެދުމާއި ޑައިރެކްޓްރީ އަދި ބޯޑްތައްޔާރުކޮށް އަޕްޑޭޓްކުރުން
  • ފަންޑުގެ އިމާރާތްތަކުގެ ޔޫޓިލިޓީ މީޓަރުތައް ބެލެހެއްޓުމާއި އިދާރާގެ މީޓަރުތައް ލޮގްކޮށް އަޕްޑޭޓްކުރުން
  • ތައުލީމީފަންޑުގެ އިމާރާތްތަކުގެ ރަޖިސްޓަރީ އަދި ތަޅުދަނޑި ރަޖިސްޓަރީ ބެލެހެއްޓުމުގެ އެންމެހައި މަސައްކަތް
  • ކުރެވޭ މަސައްކަތްތާއި ގުޅުންހުރި ފައިލް/ރެކޯޑްސް ބެލެހެއްޓުން
  • ސެކިއުރިޓީ މަސައްކަތްކުރާ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުންތަކަށް އަމަލުކުރޭތޯ ބަލާ ލިޔުކިއުންތައް ބެލެހެއްޓުން
  • ފަންޑުގެ ކެމެރާ ސިސްޓަމްތައް ބެހެއްޓުމާއި މޮނިޓަރ ކުރުމުގެ އެންމެހާ ކަންތައް ބެލެހެއްޓުން
  • ލިފްޓުތަކުގެ މެއިންޓަނަންސް މަސައްކަތްކުރާ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުންތަކުގައި ވާގޮތަށް މަސައްކަތްކުރޭތޯ ބަލާ ލިޔުކިއުންތައް ބެލެހެއްޓުން
  • މަރާމާތު އަދި އިންސިޑެންޓް ސަރވޭކުރުމާއި ރިޕޯޓް ތައްޔާރުކުރުން
  • މަރާމާތު މަސައްކަތްތަކުގެ ބީ.އޯ ކިއު ހެދުމަށް އެހީރެތިވެދިނުން.
  • ރަސްމީ މަސައްކަތާގުޅޭ ގޮތުންހަވާލުކުރެވޭ އެންމެހައި ކަންތައްތައްކުރުން
  • މީގެ އިތުރުންވެސް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

 

1  އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެފައިވުން ، ނުވަތަ

2 މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 ނުވަތަ

ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން "ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 

ބިލްޑިންގް ކޮންސްޓްރަކްޝަން އެންޑް އާކިޓެކްޗަރ

ޕްރޮކިއުމެންޓް ލޮޖިސްޓިކް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް

ބިޒްނަސް މެނޭޖްމަންޓް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

 

ޕްރިފަރޑް ޑިސިޕްލިން : ނެތް

 

މަޤާމަށް ކޯ ޑިސިޕްލިން: ނެތް

 

މަޤާމުގެ މަސައްކަތު ދާއިރާތައް:

މެއިންޓެނަންސް،

ކޮންސްޓްރަކްޝަން،

ޕްރޮޖެކްޓް މެނޭޖްމަންޓް،

ސިވިލް އިންޖިނިއަރިން،

އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިން،

ބިޒްނަސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން،

ބިލްޑިންގް ކޮންސްޓްރަކްޝަން ، އެންޑް އާކިޓެކްޗަރ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމް މިއިޢުލާނާއެއްކޮށް ވަނީ އެއްކަރުދާސްކުރެވިފައެވެ. އަދި ތަޢުލީމީ ފަންޑުގެ ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް  www.moe.gov.mv  އިން ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަނުވާ) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. 6.   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި  (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ޕޮއިންޓް ދެވޭ އިންސައްތަ

 

30

އަސާސީ ޝަރުޠު ހަމަވުން

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

25

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

35

އިންޓަރވިއު

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން /ތަޢުލީމީ ފަންޑުގެ އިދާރާ (އެދުރުހިޔާ ، 9ވަނަ ފަންގި) ކައުންޓަރަށް ނުވަތަ  އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށައެޅުއްވުންއެދެމެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 14 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 13:00 އެވެ.

ޝޯޓްލިސްޓުކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 5 ފަރާތެއް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނެ ތަނާއި، މުއްދަތު:

އިންޓަރވިއު އަދި ޕްރެކްޓިކަލްއަށް ދެންނެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާ އަށް ބަލައި ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 5 ދުވަސްތެރޭ އަންގާނެއެވެ. އަދި މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ވެބްސައިޓް ((www.moe.gov.mv ގައާއި މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341232 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

                       02 ޖުމާދަލްއޫލާ  1446
                       04 ނޮވެންބަރު   2024
04 ނޮވެންބަރު 2024