ދިވެހިރާއްޖެ
ސަރުކާރުގެ މަތީ ތަޢުލީމުގެ ވަޢުދުގެ ތެރެއިން 2015 ވަނަ އަހަރު (މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް) ހުޅުވާލާ މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތައް: - (އޭޕްރީލް 2015 ފުރަތަމަ ބުރުގެ އިތުރުވެފައިވާ ސްލޮޓްތައް) |
||||||||||||||||||||||||||||||||||
ސްކިލްސް ޝޯޓޭޖް ލިސްޓް ގައި ހިމެނޭ ދާއިރާގެ ކޯހެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުން |
ކޯހުގެ ދާއިރާ: |
|||||||||||||||||||||||||||||||||
|
ފުރުޞަތުތަކުގެ ތަފުސީލު |
|||||||||||||||||||||||||||||||||
މިސްކީމުން ލޯނު އެހީދެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ. ހ. އެހީއަށް އެދި ހުށައަޅާ ދަރިވަރަކީ މިހާރު މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރެއްކަމުގައިވުން. މިހާރު މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއް ކަމުގައި ބެލޭނީ، 1 ޖޫން 2015 ގެ ކުރިން ކިޔެވުން ފެށިފައިވާ ދަރިވަރުންނެވެ. ށ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ މަރުކަޒަކުން ވެލިޑޭޓްކުރާ ކޯހެއް ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައިވުން. އިންޓާރންޝިޕް ހަދާދަރިވަރުން ވެސް މީގެތެރޭގައި ހިމެނޭނެއެވެ. ނ. ފުލްޓައިމް ކޯހެއްގައި ތަޢުލީމު ހާސިލުކުރާ ދަރިވަރެއްކަމުގައިވުން. ރ. ޑިޕާރޓްމެންޓް އޮފް ހަޔަރއެޑިޔުކޭޝަނުން ކަނޑައަޅާފައިވާ ސްކިލްސް ޝޯޓޭޖު ލިސްޓްގައި ފާހަގަކޮށްފައިވާ ކޯހެއް ފުރިހަމަކުރާ ދަރިވަރަކަށްވުން. ބ. މިހާރު ހާޞިލުކޮށްފައިވާ ފެންވަރަށްވުރެ މަތީ ފެންވަރެއްގެ ކޯހެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއްކަމުގައިވުން. ޅ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހިލޭ އެހީގެ ގޮތުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރަކު ކަމުގައިނުވުން. ކ. ލޯނުއެހީ ލިބިގެން ކިޔަވާ ނިމިފައިވާ ދަރިވަރެއްނަމަ ލޯނު ފައިސާ ދައްކާ ޚަލާޞްކޮށްފައިވުން އ. ލޯނުއެހީއަށް އެދި ހުށައަޅާ ކޯހަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާރކްގެ ލެވެލް 5 – 7 ގެ ކޯހެއްކަމުގައިވުން (ސްލޮޓްތައް ބެހިފައިވާ ގޮތުގެމަތިން) ވ. ޢުމުރުން 18 އަހަރު ފުރިފައިވުން. (18 އަހަރު ނުވާ ދަރިވަރުންގެ ލޯނުގެ ޒިންމާ ނަގަންވާނީ ޝަރުޢީ ބެލެނިވެރިއެކެވެ.) މ. ދިވެހި ރައްޔިތެއްކަމުގައިވުން. |
ޝަރުޠުތައް |
|||||||||||||||||||||||||||||||||
|
އިތުރު މަޢުލޫމާތު: |
|||||||||||||||||||||||||||||||||
|
ހުށަހަޅަންޖެހޭ ތަކެތި: |
|||||||||||||||||||||||||||||||||
އެޕްލިކޭޝަން ފޯމު ދޫކުރުމާއި އަދި ބަލައިގަތުން އޮންނާނީ 30 ޖޫން 2015 އިން ފެށިގެން 21 ޖުލައި 2015 ގެ ނިޔަލަށް، ހެނދުނު 10:30 އިން މެންދުރުފަހު 13:30 އަށް، ވެލާނާގޭ 2 ވަނަ ތަޅުމުގައި ހުންނަ މިޑިޕާޓްމަންޓްގެކައުންޓަރުންނެވެ. އަދި އެޕްލިކޭޝަން ފޯމް 30 ޖޫން 2015 އިން ފެށިގެން މިޑިޕާޓްމަންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މިޑިޕާޓްމަންޓްގެ ވެބްސައިޓް އަކީ: www.dhe.gov.mv އެވެ. |
އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން: |
|||||||||||||||||||||||||||||||||
އިތުރު މަޢުލޫމާތު: އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341376، 3341388، 3341381 ފޯން ނަމްބަރަށެވެ. |