ދިވެހިރާއްޖެ
ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމު ތައްޔާރުކޮށް ދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރGS43-B/2024/131 އިޢުލާނަށް އެއްވެސް ފަރާތަކުން ޝަވްޤުވެރިކަން ފާޅުކޮށްފައި ނުވާތީ ދެވަނަ ފަހަރަށް ބީލަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
1- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،05 ނޮވެމްބަރ 2024 އިން 13 ނޮވެމްބަރ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ.
1.1- ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
1.2- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
1.3- ރަޖިސްޓްރީ ނަންބަރު.
1.4- އީމެއިލް އެޑްރެސް.
1.5- ގުޅޭނެ މޯބައިލް ނަންބަރު.
2- މިޕްރޮޖެކްޓާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 14 ނޮވެމްބަރ 2024ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
3- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 18 ނޮވެމްބަރ 2024ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ގައި މިސްކޫލްގެ ކޮންފަރެންސް ރޫމު ގައެވެ.
4- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
5- ބީލަންފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޝަރަފުއްދީން ސްކޫލް
ހިތަދޫ، އައްޑޫ
ފޯން: 7030-688
އީ-މެއިލް: [email protected]