ދިވެހިރާއްޖެ
ސަރުކާރުގެ މަތީ ތަޢުލީމުގެ ވަޢުދުގެ ތެރެއިން 2015 ވަނަ އަހަރު (އަލަށް ކިޔަވަންފަށާ ދަރިވަރުންނަށް) ހުޅުވާލާ މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތައް:– (އޭޕްރީލް (2015 ފުރަތަމަ ބުރުގެ އިތުރުވެފައިވާ ސްލޮޓްތައް ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުޞަތު:
ރާއްޖޭން ބޭރުގައި ކިޔެވުމަށް ދެވޭ ފުރުޞަތު:
|
ފުރުޞަތުތަކުގެ ތަފްޞީލް |
||||||||||||||||||||||||||||||||||||||||||||||||
މިސްކީމުން ލޯނުއެހީދެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ. ހ. ތަޢުލީމީ އާ މަރުޙަލާއެއްގެ ކިޔެވުން ފަށަން އެދޭ ދަރިވަރެއްކަމުގައިވުން. ށ. މިހާރު ހާސިލްކޮށްފައިވާ ކޯހުގެ ފެންވަރަށްވުރެ މަތީ ކޯހެއް ކަމުގައިވުން. ނ. 1 ޖޫން 2015 އަށް ކިޔެވުން ފައްޓާފައިނުވާ ފަރާތަކަށްވުން. (1 ޖޫން 2015 ގެ ކުރިން ކިޔަވަން ފަށާފައިވާ ފަރާތްތަކުން ކުރިމަތިލާންވާނީ މިޑިޕާޓްމަންޓުގެ އިޢުލާނު ނަންބަރު (IUL)166-Schol/166/2015/82 އިން ހުޅުވާލާފައިވާ މިހާރު ކިޔަވަމަންގެންދާ ފަރާތަކުގެ ސްކީމަށެވެ.) ރ. ދިވެހި ރާއްޖޭގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 5 އިން ފެށިގެން އެމް.އެން.ކިޔު.އެފް. ލެވެލް 9 ގެ ފެންވަރާ ދެމެދުގެ ކޯހެއްގައި ކިޔެވުމަށްއެދޭ ފަރާތަކަށް ވުން. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 7 އިން ފެށިގެން 9 ގެ ފެންވަރާ ދެމެދުގެ ކޯހެއްގައި ކިޔެވުމަށްއެދޭ ފަރާތަކަށް ވުން. ލެވެލް 7 ގެ ފެންވަރުގެ ކޯސްތަކުގެ ތެރޭގައި އެމް.ބީބީ.އެސް، ޑެންޓިސްޓްރީ ހިމެނިފައި އެއް ނުވެއެވެ. އަދި ލެވެލް 9 ގެ ފެންވަރުގެ ކޯސްތަކުގެ ތެރޭގައި ޕޯސްޓްގްރެޖުއޭޓް މެޑިސިން ހިމެނިފައެއް ނުވެއެވެ. ބ. ފުލްޓައިމް ދަރިވަރުންގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށްވުން. ޅ. ފުރިހަމަ ކުރަން ބޭނުންވާ ކޯހަކީ ސްކިލްސް ޝޯޓޭޖު ލިސްޓްގައި ފާހަގަ ކުރެވިފައިވާ ކޯހަކަށްވުން. ކ. ރާއްޖެއިން ބޭރުގައި ކިޔެވުމަށް އެދޭ ކޯހެއްނަމަ، އެކޯހަކީ ކޯސްހަދާ ޤައުމުގެ ލޯކަލް ކޯހެއްކަމުގައިވުން. (ލޯކަލް ކޯހެއްކަމުގައި ނުވާނަމަ އެކޯސް ހެދުމަށް ހުއްދަ ދެވޭނީ ލޯކަލް ކޯސްތަކަށްވުރެ ކޯހުގެ ޚަރަދު ކުޑަވާނަމައެވެ.) އ. ލޯނުއެހީ ލިބިގެން ކިޔަވާ ނިމިފައިވާ ދަރިވަރެއްނަމަ ލޯނު ފައިސާ ދައްކާ ޚަލާޞްކޮށްފައިވުން ވ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީގެ ގޮތުގައި ނުވަތަ ލޯނުއެހީގެ ގޮތުގައި ފުރުޞަތު ލިބިގެން ކިޔެވުމުގެ ޚަރަދު ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން. މ. ބޭންކް އޮފް މޯލްޑިވްސްއިން އެއްވެސް ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ފައިސާ ދައްކަމުން ގެންދާ ފަރާތެއް ކަމުގައި ވުން. ފ. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބްލެކްލިސްޓްކުރާ އެއްވެސް އުސޫލަކުން ބްލެކްލިސްޓް ވެފައިވާ ފަރާތެއް ކަމުގައި ނުވުން. ދ. ލޯނަށްއެދޭ ފަރާތަކީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީ ނުވަތަ ޕެއިޑް ލީވް ނުވަތަ ލޯނުގެ ފުރުޞަތު ލިބިގެން ކިޔެވުމަށްފަހު ބޮންޑްގެ ޚިދުމަތަށް ރިޕޯޓްނުކުރާ ފަރާތެއް ކަމުގައި ނުވުން. ތ. ލޯނަށް އެދޭ ފަރާތަކީ ލޯނުގެ ގޮތުގައި ނެގި ފައިސާ، ލޯނުއެހީ ނަގާއިރު ބޭންކް އޮފް މޯލްޑިވްސްއާއެކު ހަދާ އެއްބަސްވުމުގައިވާ ފަދައިން ލޯނުއެހީ ނެގި ބޭންކަށް ދައްކަން އެއްބަސްވާ ފަރާތެއްކަމުގައިވުން. ލ. ލޯނުއެހީއަށް އެދޭފަރާތުން ލޯނުފައިސާ އަނބުރާ ނުދައްކައިފިނަމަ، އެފައިސާ ދެއްކުމަށް ޖާމިނުވާ ގެރެންޓަރ އެއްހުރުން. ގ. ކިޔެވުމަށް ލޯނުއެހީ ހޯދުމަށް ހުށައަޅާ ކޯހަކީ ކިޔެވުމަށް ބޭނުންވާ މަރުކަޒުގައި މިހާރުވެސް ހިންގާ ކޯހެއްކަމުގައިވުން. ޏ. ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ދަރިވަރެއްނަމަ، ކިޔަވަން އެދޭ ކޯހަކީ މި ލޯނު ސްކީމުގެ އެނެކްސް 7 ގައިވާ ލިސްޓްގައި ހިމެނޭ ކޯހެއްކަމުގައި ނުވުން. ސ. ޢުމުރުން 18 އަހަރު ފުރިފައިވުން. (18 އަހަރު ނުވާ ދަރިވަރުންގެ ލޯނުގެ ޒިންމާ ނަގަންވާނީ ޝަރުޢީ ބެލެނިވެރިއެކެވެ.) ޑ. ދިވެހި ރައްޔިތެއްކަމުގައިވުން. |
ޝަރުޠުތައް |
||||||||||||||||||||||||||||||||||||||||||||||||
|
އިތުރު މަޢުލޫމާތު: |
||||||||||||||||||||||||||||||||||||||||||||||||
|
ހުށަހަޅަންޖެހޭ ތަކެތި: |
||||||||||||||||||||||||||||||||||||||||||||||||
|
އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން: |
||||||||||||||||||||||||||||||||||||||||||||||||
އިތުރު މަޢުލޫމާތު: އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341376، 3341388، 3341381 ފޯން ނަމްބަރަށެވެ. |