ކުއްޔަށް ދިނުން
ނަންބަރު: (IUL)332-ADHR/332/2015/41
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 15:42
ސުންގަޑި: 02 ޖުލައި 2015 13:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑީޝަލާއި ޕެޓްރޯލް ވިއްކުމަށް ބަނދެފައިވާ ދެތާނގީއާއި ބިން ކޮންޓްރެކްޓް އުސޫލުން 15 އަހަރަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.

އިޢުލާން

ކައުންސިލްގެ ނަމުގައި ޑީޝަލާއި ޕެޓްރޯލް ވިއްކުމަށް ބަނދެފައިވާ ދެތާނގީއާއި، ބިން ކޮންޓްރެކްޓް އުސޫލުން 15 އަހަރަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ޑީޝަލް ތާނގީގައި ރައްކާކުރެވޭނީ 30000 ލީޓަރ ޑީޝަލެއެވެ. ޕެޓްރޯލް ތާނގީގައި ރައްކާ ކުރެވޭނީ 10000 ލީޓަރެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖުލައި 2 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޖުލައި 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް މިއިދާރާއަށް ހާޒިރުވެދެއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.

         8 ރަމަޟާން 1436

25 ޖޫން 2015