ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)236-BDPS/236/2024/42
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި:
14 ނޮވެންބަރު 2024 13:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ "އޭ" ޒޯން ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިޙާނު ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. އިމްތިޙާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެ ޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.
މަޤާމް:
|
އެގްޒަމިނަރ
|
ބޭނުންވާ އަދަދު:
|
03 (ތިނެއް)
|
އުޖޫރަ:
|
- 2 ފުރޮޅުލީ އުޅަނދެއް އިމްތިޙާނު ކުރާނަމަ ކޮންމެ ދުއްވުމަކަށް 15.00ރުފިޔާ
- 3 ފުރޮޅު އަދި ހަތަރު ފުރޮޅުލީ އުޅަނދެއް އިމްތިޙާނު ކުރާނަމަ ކޮންމެ ދުއްވުމަކަށް 25.00ރުފިޔާ
|
މުއްދަތު:
|
02 އަހަރު
|
ޝަރުޠު:
|
- ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއް ކޮށްފައިވާކަން ސާބިތުވެފައި ނުވުން، އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.
- ދާއިމީ އެއްގަމު އުޅަނދު ދުއްވުމުގެ "އޭ" ޒޯން ލައިސަންސް އޮތުން.
- ޢުމުރުން 55 އަހަރުން ދަށުގެ މީހަކު ކަމުގައިވުން.
- މި ކައުންސިލްގައި އަދި ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއް ކަމުގައި ނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- ޑްރައިވިންގެ "އޭ" ޒޯން ލައިސަންސް ކޮޕީ
- 3 މަސްދުވަސް ނުވާ ޕޮލިސް ރިޕޯޓް
|
އެގްޒަމިނަރުން ހޮވުމުގައި ދާއިމީ ލައިސެންސްގައިވާ ކެޓަގަރީގެ ޢަދަދަށާއި، ލައިސެންސްގެ މުއްދަތަށާއި، އަދި ގިނަ ވަގުތު ރަށުގައި ހުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ. ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 2024 ނޮވެންބަރު 14 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މި އިދާރާއަށެވެ. އީމެއިލްގެ ޒަރިއްޔާއިންނަމަ، [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.