ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2024/188
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 17 ނޮވެންބަރު 2024 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އިލެކްޓްރީޝަން / ޕްރެޒިޑެންޝަލް ގާރޑްސް

ޕީޖީގެ އިލެކްޓްރިޝަން މަގާމަށް މުވައްޒަފަކު ބޭނުންވެއެވެ.

 

މަގާމު:

އިލެކްޓްރީޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

5,020.00 ރުފިޔާ

ސަރވިސް އެލަވަންސް:

1,500.00 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު:

1- އިލެކްޓްރިކަލް/ މެކޭނިކަލް ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ ޢަމަލީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- އިލެކްޓްރިޝަނެއްގެގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ރޭންކްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު:

1- ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތްދިނުމަށް ބޭނުންކުރެވޭ އުޅަނދުފަހަރުގެ އިލެކްޓްރިކަލް އަދި އިކްވިޕްމަންޓްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.

2- ޢިމާރާތުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ދެނެގަނެ ރައްކާތެރި ފިޔަވަޅު އެޅުމާއި ތަނުގައި ބޭނުންކުރެވޭ އިލެކްޓްރިކަލް އިކްވިޕްމަންޓްތައް މަރާމާތުކޮށް ބެލެހެއްޓުން.

3- ވޯކްޝޮޕްގައި ކުރެވޭ މަސައްކަތްތައް ރާވާ ހިންގުމުގައި ހަވާލުވެހުންނަ ސްޕަވައިޒަރަށް އެހީތެރިވެދިނުން.

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

 

މި ވަޒީފާތަކުގައި މަސައްކަތް ކުރަންޖެހޭނީ ޢާންމުގޮތެއްގައި މާލޭގައެވެ.

އިތުރު ޢިނާޔަތްތައް

މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި އަތޮޅުތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2024 ނޮވެންބަރު 17 ވާ އާދީއްތަ ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މި ވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

28 ރަބީޢުލްއާޚިރު 1446

31 އޮކްޓޫބަރު 2024