ދިވެހިރާއްޖެ
ޕްރޮޖެކްޓް: ބިލްޑިންގ ކްލައިމެޓް ރިޒިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް
މަސައްކަތުގެ ބާވަތް: ކޮމިއުނިކޭޝަން އެންޑް ނޮލެޖް މެނޭޖްމަންޓް ކޮންސަލްޓެންސީ ހިދުމަތް ހޯދުމަށް
"ބިލްޑިންގ ކްލައިމެޓް ރެޒިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް" މަޝްރޫޢުއަކީ، ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އެހީގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ ދަށުން، ހަތަރު ރަށެއްގައި ދެހެއްޓެނިވިގޮއްގައި ގޮނޑުދޮށްތައް ހިމާޔަތްކުރުމާގުޅޭ ކަންކަން ހިންގުމަށްވަނީ ރޭވިފައެވެ. މިގޮތުން، މި މަޝްރޫޢުގެ ދަށުން ހިންގަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކޮމިއުނިކޭޝަން އަދި ނޮލެޖް މެނޭޖްމަންޓް ކޮންސަލްޓެންސީ ހިދުމަތް ހޯދަން ބޭނުންވެއެވެ. ވީމާ، މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ.
މި މަސައްކަތާއި ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" މި ޢިއުލާނާއެކު ޑައުންލޯޑު ކުރެވޭގޮތަށް ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ގުޅޭގޮތުން އިތުރުމައުލުމާތު ސާފުކުރަން ބޭނުންވާނަމަ، އީ-މެއިލް ކުރާނި 17 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީ-މެއިލް ކުރާއިރު ސުރުހީގައި އިޢުލާން ނަންބަރު، މަޝްރޫގެ ނަން އަދި މަސައްކަތުގެ ބާވަތް ސާފުކޮށް ލިޔަންވާނެއެވެ.
އީ-މެއިލް އެޑްރެސް: [email protected]
ކޮޕީ: [email protected]
ބީލަން ހުށަހެޅުން
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 10:00 ގެ ކުރިން، ބީލަން ތިރީގައިވާ އެޑްރެހަށް، ތިރީގައިވާ މައުލޫމާތު ހިމަނައި ހުށަހެޅުން އެދެމެވެ. ބީލަން ހުށަހަޅަންވާނީ ސީލްކޮށްފައިވާ އުރައެއްގައި ބަންދުކޮފައެވެ. ސިޓީ އުރައިގެ ބޭރުގައި، ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެފައިއޮންނަން ވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީހުން ފެށިގެން 120 (ސަތޭކަވިހި) ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅަންވާނި ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައިވާ ގޮތަށް އެޑްރެސްކޮށްފައެވެ.
“Do not Open Before 27th November 2024 at 10:05am - Consultancy Service for the Communications and Knowledge Management (National) (Individual) - (IUL)438-ENV/438/2024/487” and the submitting party’s name and address
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ހުށަހެޅީ؛
(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ހުށަހެޅުންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ.