ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-EA/426/2015/94
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 15:24
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތައް ރަޖިސްޓަރީކުރުން

އިޢުލާން

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ، ދައުލަތުގެ ޕްރޮކިއުމެންޓާ ބެހޭ ބާބުގެ 3ވަނަ ބައިގެ 27 ވަނަ މާއްދާގެ (ހ) ގެ ދަށުން ބީލަމުގައި ބައިވެރިވާ ފަރާތްތައް ނުވަތަ ސަޕްލަޔަރުން ރަޖިސްޓަރީކޮށް ބެލެހެއްޓުމަށް މިނިސްޓްރީއޮފް ފިނޭންސް އެންޑް ޓްރެޝަރީން އަންގާފައިވާ ފަދައިން ނެޝަނަލް ކޮންޓްރެކްޓަރސް ގައިޑްލައިންގެ ދަށުން ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ރަޖިސްޓަރީއެއް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބަލަހައްޓަމުން ގެންދަވާކަމަށް 1 ފެބުރުވަރީ 2015 ގައި އެމިނިސްޓްރީންވަނީ އިޢުލާން ކޮށްފައެވެ.

ނެޝަނަލް ކޮންޓްރެކްޓަރސް ގައިޑްލައިންގައި ކަނޑައަޅާފައިވާ ކެޓަގަރީތަކުގެ ތެރެއިން ޖެނެރަލް ކޮންޓްރަކްޓަރސްގެ ގިންތިތަކުގެ ތެރެއިން ގިންތިއެއް މިހާރު ވަނީ އިތުރުކޮށްފައެވެ. މި ގިންތިއަކީ އަލަށް މި ދާއިރާގެ މަސައްކަތަށް ނުކުންނަ ނުވަތަ ކުދި ކުންފުނިތަކަށް އަމާޒުކޮށްގެން އެ ފަރާތްތަކަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލުމަށް އުފެއްދި ގިންތިއެކެވެ.

އަދި 1.5 މިލިއަނުން ދަށުގެ ބިޑުތަކަށް ހައުސިންގ މިނިސްޓްރީގެ ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރޭޝަންގައި ނުހިމެނޭ ފަރާތްތަކަށް ބިޑު ހުށަހެޅުމަށް މިހާރުވަނީ ފުރުޞަތު ފަހިކޮށްދެވިފައެވެ. ނަމަވެސް ބިޑަށް ކުރިމަތިލުމަށްފަހު އެއްބަސްވުމުގައި ސޮއިކުރަންވާނީ އެފަރާތެއް ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރޭޝަންގައި ރަޖިސްޓަރީވުމަށް ފަހުގައިކަމަށްވެސް ހައުސިންގމިނިސްޓްރީން އަންގަވާފައިވެއެވެ. ވީމާ، އައްޑޫސިޓީގައި ޢިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރޭޝަންގައި ރަޖިސްޓަރީވުމަށް ދަންނަވަމެވެ.

މިގެނެވުނު އިސްލާޙާއެކު ނެޝަނަލް ކޮންޓްރަކްޓަރސް ގައިޑްލައިން އަދި ކޮންޓްރެކްޓަރުން ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ވެބްސައިޓް www.housing.gov.mv އަދި މިއިދާރާގެ ވެބްސައިޓް www.adducity.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

29 ޝަޢުބާން 1436

16 ޖޫން 2015