ދިވެހިރާއްޖެ
ކައުންސިލް ކަޕް 2024 ކުރިއަށްދާ ވަގުތުގައި ދަނޑުގެ ބައުންޑްރީގައި އިސްތިހާރު ބޯޑު ޖެހުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 06 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ 13:00 ގައި އަންދާސީހިސާބު ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާއިރު ވިޔަފާރި ރެޖިސްޓްރީގެ ކޮޕީއަކާއި ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި ނުވަތަ ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ހާޒިރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.
ފޯން: 6520043
އީ-މެއިލް: [email protected]