ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-LS/88/2015/ 24
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 12 ޖުލައި 2015 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކ. މާލެ އަތޮޅު ފަޅު- ޖިއޮގްރެފިކަލް ކޯޑިނޭޓްސް

އިޢުލާން

ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މިމިނިސްޓްރީއިން ކުއްޔަށް ދޫކޮށްފައިވާ ތިރީގައި ބަޔާންކޮށްފައިވާ ޖިއޮގްރެފިކަލް ކޯޑިނޭޓްސް ހިމެނޭ ކ. އަތޮޅު ފަޅު ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން އެ ފަޅު ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހައި ޙައްޤުތައް އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ އެ ފަޅާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ މި އިޢުލާން ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އޮފީސް ބަންދުކުރުމުގެ ކުރިން، މިމިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އަދި އީމެއިލްއިން ހުށަހަޅުއްވާކަމުގައިވަނީނަމަ[email protected]  އަށް އަންގަވައިދެއްވުމަށް އަންގައި އިޢުލާނުކުރީމެވެ.

ކ. މާލެ އަތޮޅު ފަޅު- ޖިއޮގްރެފިކަލް ކޯޑިނޭޓްސް

4°19'0.85"N 73°20'43.59"E

07 ރަމަޟާން 1436

24 ޖޫން 2015