މަސައްކަތް
ނަންބަރު: (IUL)356/356/2024/82
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 21:26
ސުންގަޑި: 14 ނޮވެންބަރު 2024 13:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ދ މާމިގިލީގެ 5 މިސްކިތައް ފައިބަރ އޮޕްޓިކަލް ކޭބަލް އަޅާ ފިންގާރ ޕްރިންޓް އެޓެންޑެންސް މެސިން ސިސްޓަމް ޤާއިމްކުރަން ބޭނުންވެއްޖެ

 އ.ދ މާމިގިލީ މަސްޖިދުލް ނަޝްރު، މަސްޖިދުލް އިހްސާން، މަސްޖިދުލް އިޙްވާން މަސްޖިދުލް ވަފާ އަދި މަސްޖިދުލް ޠާވުން މިސްކިތަށް ފައިބަރ އޮޕްޓިކަލްސް ކޭބަލް އަޅާ ފިންގަރ ޕްރިންޓް އެޓެންޑެންސް މެޝިން ސިސްޓަމް ޤާއިމްކުރަން ބޭނުންވެއްޖެއެވެ.   މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2024 ނޮވެމްބަރ 4 ން 2024 ނޮވެމްބަރ 12 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑުފޮތެއްގެ އަގަކީ -/500 ރ ( ފައްސަތޭކަ ރުފިޔާ ) އެވެ.  ބިޑް ހުށަހަޅުއްވާނީ 2024 ނޮވެމްބަރ 14 ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. ބިޑްފޮތް ބައްލަވައިގަތުމަށް،މަސައްކަތާއި ގުޅިގެން މަޢުލޫމާތެއް އޮޅުންފިލުވަން ބޭނުންފުޅުވާނަމަ 7711722 މިނަންބަރ އަށް ގުޅުވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

 28 ރަބިއުލްއާޙިރު 1446     

31 އޮކްޓޫބަރު 2024