ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2015/40
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 01 ޖުލައި 2015 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ އެޑްމިނިސްޓްރޭޝަން

ވަޒީފާގެ ފުރުޞަތު

މަޤާމު: މެނޭޖަރ އެޑްމިނިސްޓްރޭޝަން

މުސާރަ

މަހަކު -/10500 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/3500 ރުފިޔާ

މަޤާމުގެ ރޭންކް

EX4

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

 

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސްއޫލިއްޔަތު އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3(ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 5(ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ އިދާރީ މަސައްކަތްތައް ރާވައި، ހިންގުމުގެ އިންތިޒާމުކޮށް، ބެހެއްޓުން؛
  • ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކޯޕަރޭޝަންގެ ކަންކަން ހިންގުމަށް އިދާރީގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްތައް ކުރުން؛
  • ކުންފުނީގެ  އޮޕަރޭޝަންސާއި ލޮޖިސްޓިކް މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމްތައް ކޮށް، ސްޕަވައިޒްކުރުން؛
  • ކުންފުނީގެ އެއްގަމު ދަތުރުފަތުރަށް ބޭނުންވާނެ އިންތިޒާމްތައް ހަމަޖެއްސުމާއި ވެހިކަލްތައް ބޭނުންކުރުމާއި ބެލެހެއްޓުން؛
  • ކުންފުނީގެ ބެލުމުގެ ދަށުގައިވާ ބިންތަކާއި ޢިމާރާތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމާއި ސާފުތާހިރުކަންމަތީ ބޭއްވުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައި މޮނިޓަރކުރުން؛
  • ކުންފުނީގެ އިންފްރާންސްޓްރަކްޗަރއާއި މިލްކުގައިވާ އެހެން ތަކެއްޗާއި ވަސީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައި އެކަން މޮނިޓަރކުރުން؛
  • ކުންފުނީގެ އިންފްރާންސްޓްރަކްޗަރ ވިޔަފާރި އުސޫލުން ބޭނުންކޮށްގެން ޢާމްދަނީ ހޯދުމަށް އެހީތެރިވުން؛
  • ކުންފުނީގެ ބޭނުންވާ ތަކެތި ހޯދުމާއި އިންވެންޓްރީ ބެލެހެއްޓުމާއި ސްޓޮކަށް ބޭނުންވާ ތަކެތި ދެނެގަނެ، ހޯދުމާއި ސްޓޮކް ބެލެހެއްޓުން؛ 
  • ކުންފުނީގެ މެއިންޓެނަންސް އާއި ސެކިޔުރިޓީ ބަލެހެއްޓޭނެ އިންތިޒާމްތައް ކޮށް، ސްޕަވައިޒްކުރުން؛
  • އެކި ބޭނުންތަކަށް އަންނަ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުމާއި ކޯޕަރޭޝަންގެ ފްރޮންޓް އޮފީސް ރާވައި، ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައި ސްޕަވައިޒްކުރުން؛

 

  • ކޯޕަރޭޝަންގެ ހުރިހާ ޑިޕާޓްމަންޓްތަކަށް އަންނަ މެއިލްތަކާއި ފެކްސްތަކާއި އެނޫން ވަޞީލަތްތައްތަކާއި ގޮތްތަކަށް އަންނަ ލިޔުންތައް ކަމާބެހޭ ޑިޕާޓްމަންޓްތަކަށް ރައްދުކުރެވޭނެ އުސޫލުތަކާއި އިންތިޒާމްތައް ހަމަޖައްސައި، މޮނިޓަރކުރުން؛
  • ކުންފުނީގެ އެކި ފެންވަރުގައި ބާއްވާ ބައްދަލުވުންތަކާއި މުވައްޒަފުންގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި ވެރިންނާއި މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ މާޙައުލު ޤާއިމުކޮށްދިނުމާއި އެފަދަ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ އެހީތެރިކަން ލިބިދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން؛
  • މުވައްޒަފުންގެ ދަތުރުތަކާބެހޭ ކަންކަން ކުރިޔަށް ގެންދާނެ ގޮތް ރެވުމާއި އިންތިޒާމްކުރުން؛
  • މުވައްޒަފުންގެ ރިކްރިއޭޝަންގެ ކަންކަން ރާވާ ހިންގުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން؛

ސަޕޯޓް އެލަވަންސް

-/3500 ރުފިޔާ

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 1 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

06 ރަމަޟާން 1436

23 ޖޫން 2015