ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2015/49
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 05 ޖުލައި 2015 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ، އެޗް.އާރު

ވަޒީފާގެ ފުރުޞަތު

މަޤާމު: މެނޭޖަރ އެޗް.އާރު

މުސާރަ

މަހަކު -/10500 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/3500

މަޤާމުގެ ރޭންކް

EX4

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

 

މަޤާމުގެ ޝަރުޠު:

ހިއުމަން ރިސޯސް ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުމާއެކު މި ދާއިރާގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ހިއުމަން ރިސޯސް ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މުވައްޒަފުން ހެލްތު އެންޑް ސޭފްޓީ ޕޮލިސީ އަދި ޕްރޮސީޖާރސް ހެދުން
  • ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ކަންކަން ބަލާ މޮނިޓަރކުރުން
  • މުވައްޒަފުން ހެލްތު އެންޑް ސޭފްޓީގެ ކަންކަމަށް ތަމްރީން ރާއްވަވައި ހިންގުން
  • މުވައްޒަފުންގެ ޓްރޭނިންގ އަދި ސާރޓިފިކޭޝަންތައް ކުންފުނީގެ މިންގަޑުތަކާއި އަޅާކިޔާ ގެޕް ހޯދާ އެގެޕް ކުޑަ ކުރުމަށް މަސައްކަތް ރާވާ ހިންގުން
  • މުވައްޒަފުންގެ އިންސެންޓިވްސް އަދި ރިޓެންޝަން އާ ގުޅުންހުރި މަސައްކަތް ކުރުން  

ސަޕޯޓް އެލަވަންސް

-/3500 ރުފިޔާ

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 5 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

07 ރަމަޟާން 1436

24 ޖޫން 2015