ދިވެހިރާއްޖެ
ކުޑަހުވަދޫ ރައްޔިތުންގެ ތަރައްޤީއާއި ތަހުޒީބާއި، ރައްޔިތުންގެ ހުނަރާ ފަންނުވެރިކަމާ، ޚިދްމަތްތެރިން ހިމަނައި، ޢިލްމީ، އިޖްތިމާޢީ، އިޤްތިސާދީ ދާއިރާއިން، ކުޑަހުވަދޫ ރައްޔިތުންގެ އަގު ވަޒަންކޮށް ރައްޔިތުންނަށް ހިތްވަރު ދިނުމުގެގޮތުން ބާއްވާ އަގު ވަޒަންކުރުމުގެ ހަފްލާ 2024 މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ، 2024 ޑިސެމްބަރ 12 ވަނަ ދުވަހުގެ ރޭގައެވެ. އެވޯޑަށްއެދި ހުށައެޅުމުގެ މުއްދަތު 2024 ނޮވެމްބަރ 16 ވަނަ ދުވަހުގެ 14:00 އަށް އިތުރުކޮއްފީމެވެ.
މަތީގައި ދަންނަވާފައިވާ ދާއިރާތަކަށް ހުށައެޅޭގޮތުގެ ތަފްޞީލް، އެވޯޑަށް އެދި ހުށައެޅުމުގެ އުޞޫލުގައި ހިމަނާފައިވާނެއެވެ. އެވޯޑަށް އެދި ހުށައަޅާނީ، ގޫގުލް ފޯމުންނެވެ. ގޫގުލް ފޯމް، އަދި އެވޯޑަށް އެދި ހުށައެޅުމުގެ އުޞޫލް ކުޑަހުވަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ޙިއްސާކުރެވިފައިވާނެއެވެ. ފޯމް ފުރުއްވުމުގެ ކުރިން އުޞޫލް ރަނގަޅަށް ވިދާޅުވެލެއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް، 9555560 އަށް މެސެޖް ކޮއްލަދެއްވުން އެދެމެވެ. އެވޯޑަށް އެދި ކުރިން ހުށައަޅުއްވާފައިވާ ފަރާތްތަކުން އަލުން ހުށައަޅުއްވަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.
އަގުވަޒަންކުރެވޭ ފަރާތްތައް ކަނޑައަޅާ އުސޫލް ލިންކް:
https://drive.google.com/file/d/13DiuI2pJj9jYFO1Wobq2FEUJrDjUsNC_/view?usp=sharing
ގޫގުލް ފޯމް ލިންކް:
https://docs.google.com/forms/d/e/1FAIpQLScqVx-A0SW3priseyrMiqcFuVb6OMBUsMH5Hlv4pWZ5Z2gg7A/viewform