ނީލަން
ނަންބަރު: (IUL)458/458/2024/93
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 16:34
ސުންގަޑި: 14 ނޮވެންބަރު 2024 10:00
ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ނީލަން ކިޔުން

އިޢުލާން

 

ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަންކިޔުމާއި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ ދަށުން މި އޮތޯރިޓީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި، ދައުލަތުގެ އެހެން އޮފީހަކަށް ބޭނުންވޭތޯ ބެލުމުން، އެއްވެސް އޮފީހަކުން އިޖާބަދެއްވާފައި ނުވާތީ، އެތަކެތި ދުވަހުގެ ނީލަމުގައި ވިއްކާލުމަށް އިޢުލާން ކުރަމެވެ.

ނީލަންކިޔުމަށް ކަނޑައެޅިފައިވަނީ، ލޮޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިތަކެތި 05 ލޮޓަކަށް ބަހާލެވިފައިވާނެއެވެ. ލޮޓުތަކަށް ދެވިފައިވާ އަގުތަކާއި، ލޮޓުތައް ބަހާލެވިފައިވާ ގޮތާއި، ލޮޓުތަކުގެ ނީލަން ފެށޭ އަގު އަދި އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު މި އިޢުލާނާއެކު ހިމެނިފައި ވާނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 2024 ނޮވެންބަރު 14 ވަނަ ދުވަހު ހެދުނު 10:00 އަށް މިއޮތޯރިޓީއަށް ހާޟިރުވެ ނީލަމުގައި ބައިވެރިވެލެއްވުން އެދެމެވެ.

 ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މި އޮތޯރިޓީއަށް ފައިސާ ދެއްކުމަށްފަހު އެތަކެތި ގެންދަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3328282 އަދި 3324545 އަށެވެ.

                            

31 އޮކްޓޫބަރު 2024