ދިވެހިރާއްޖެ
ލ.ހިތަދޫ ކައުންސިލްގެ ނަންބަރު (IUL)404-ESMS/404/2023/53:(23 ނޮވެމްބަރ 2023) އިޢުލާނާއި, ލ.ހިތަދޫއިން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި އެކުލަވާލެވިފައިވާ "ލ.ހިތަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު-2023" ގައިވާ ގޮތުގެ މަތީން ލ.ހިތަދޫއިން ބަންޑާރަ ގޯއްޗަށްއެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް މި އިޢުލާނާއެކު ޢާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، ޢާންމުކޮށްފައިވާ ލިސްޓާ މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 01 ޑިސެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ޝަކުވާ ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި މި އިދާރާގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް މެއިލްކޮށްގެންނެވެ.
އަދި، ލިސްޓްގައި ގުރުއަތަށް ހޮވިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ލިސްޓަށް ހުށަހެޅޭ ހުރިހައި ޝަކުވާތައް ބަލައި ލިސްޓް އަލުން ތަރުތީބުކޮށް ފައިނަލް ލިސްޓް އިޢުލާނުކުރެވޭ މަރުހަލާގައެވެ. އެހެންކަމުން މިހާރު ލިސްޓްގައިވާ ގުރުއަތަށް ހޮވިފައިވާ ފަރާތްތަކާއި ގުރުއަތު ނަގަންޖެހޭ ގޯތީގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދަންނަވަމެވެ.
28 رَبِيْعُ الآخِر1445
31 އޮކްޓޫބަރ 2024