ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)AEH/1/2024/45
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:41
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ހިދުމަތުން ދުރަށްދާންޖެހިފައިވާ ހިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ދަފްތަރު އެކުލަވާލުމާއިގުޅޭ

ހިދުމަތުން ދުރަށްދާން ޖެހިފައިވާ ހިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް (ފުލްޓައިމް ވަޒީފާއަށް) ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލެވިފައިވާ "ހިދުމަތުން ދުރަށްދާންޖެހިފައިވާ ހިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ހިދުމަތްތެރިން ހިދުމަތަށް ނެރުމުގެ އުސޫލު 2024" (05 އޮގަސްޓު 2024) ގެ ދަށުން ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަމެވެ. ދަފްތަރުގައި ރަޖިސްޓްރީވުމުގެ ސުންގަޑި އަކީ 01 ނޮވެންބަރު 2025 ވަނަ ދުވަހުގެ 14:00 އެވެ.

 

https://docs.google.com/forms/d/1cGQ-qltHIkzBr7gH4itthP_xeMFN5yDIjZcjKHnuVwg/viewform?pli=1&sharingaction=ownershiptransfer&ts=67234344&pli=1&edit_requested=true

 

ވީމާ، ދަފްތަރުގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ގޫގުލްފޯމް ފުރިހަމަކުރުން އެދެމެވެ.

"ހިދުމަތުން ދުރަށްދާންޖެހިފައިވާ ހިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ހިދުމަތްތެރިން ހިދުމަތަށް ނެރުމުގެ އުސޫލު 2024 " (05 އޮގަސްޓް 2024) ތިރީގައިވާ ލިންކު މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

https://www.csc.gov.mv/Policy/Index/97  

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6885046 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

31 އޮކްޓޫބަރު 2024