ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)253-OU-08275/253/2024/83
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 13 ނޮވެންބަރު 2024 14:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.މާރަންދޫގައި ޑްރައިވިންގ ލައިސަންސް ދިނުމަށް އެގްޒަމިނަރުން ހޯދުމާ ގުޅޭ

ޑްރައިވިންގ ލައިސަންސް ދިނުމަށް އެގްޒަމިނަރުން ހޯދުމާ ގުޅޭ

 

އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވުމުގެ A0, A1 ލައިސަންސް މި އިދާރާއިން ދޫކުރުމުގައި، އެފަދަ ތަކެތި ދުއްވަން އެނގޭތޯ ޢަމަލީ ގޮތުން ޓެސްޓް ކުރައްވާނެ އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިޙާނު އޮންނާނީ މިއިދާރާ އިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

 

-         ބޭނުންވާ ޢަދަދު: 02

-         ޝަރުތު:

ހ. މަދުވެގެން A0, A1 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން. (ދުއްވުމުގެ ޢަމަލީ  ޓެސްޓް ދެވޭނީ އެ އެގްޒަމިނަރަކަށް ލިބިފައިވާ ގިންތީގެ އުޅަނދުތައް ދުއްވުމުގެ ޓެސްޓެވެ.)

ށ. ފާއިތުވި 3 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައަލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން.

ނ. ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން.

ރ. ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

ބ. ޢުމުރުން 55 އަހަރު ނުވާ މީހެއް ކަމުގައިވުން.

ޅ. ލައިސަންސް ދޫކުރާ ސެންޓަރެއްގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

ކ. ޑްރައިވިންގ ސްކޫލެއްގައި ވޭތުވެދިޔަ 5 އަހަރު އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން.

 

 

-         އުޖޫރަ:  ޓެސްޓް ކުރާ ކޮންމެ A A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ

   އެހެނިހެން ކެޓަގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ

 

ވީމާ، މިރަށުގައި އެގްޒަމިނަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 2024 ނޮވެމްބަރ 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއެކު ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                       28 ރަބީޢުލްއާޚިރާ 1445

                       31 އޮކްޓޫބަރ 2024

31 އޮކްޓޫބަރު 2024