މަސައްކަތް
ނަންބަރު: (IUL)395-02/395/2024/99
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 13 ނޮވެންބަރު 2024 13:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.އިސްދޫ އަންހެނުންގެ ލޯކަލް މާރުކޭޓް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

        ލ.އިސްދޫ އަންހެނުންގެ ލޯކަލް މާރުކޭޓް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިކައުންސިލްގެ ނަންބަރ (IUL)395-02/395/2024/97 (15 އޮކްޓޯބަރ 2024) އިޢުލާންނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ ، އެއިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.                                                

       ލ.އިސްދޫ އަންހެނުންގެ ލޯކަލް މާރުކޭޓް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު މިއިޢުލާނާއެކު ވާނީ ގެޒެޓްކުރެވިފައެވެ.  

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއި އެއްކަރުދާސް ކޮށްފައިވާ ފޯމް ފުރިހަމަކުރެއްވުމަށްފަހު ތިރީގައިއެވާ މެއިލަށް މެއިލްކުރެއްވުން އެދެމެވެ.

1

ރަޖިސްޓްރީވުން

07 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށްފަހު  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

2

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް

13 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ އިސްދޫ ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. (ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.)

3

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް

ހުށަހަޅަންޖެހޭ ލިޔުންތައް މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެއެވެ.

 

       މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6800709،6800920 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

31 އޮކްޓޫބަރު 2024